Roadha Mihaaru
އިންޑޮނީޝިއާ އަށް އެރި ސުނާމީގައި 62 މީހުން މަރު

އިންޑޮނީޝިއާ އަށް އެރި ސުނާމީގައި 62 މީހުން މަރުވެއްޖެ

23 ޑިސެމްބަރ 2018

ޖަކާޓާ (ޑިސެމްބަރު 23) - އިންޑޮނީޝިއާގެ ސުންޑާ ސްޓްރައިޓުގެ އައްސޭރީގެ ހިސާބުތަކަށް އެރި ސުނާމީއެއްގައި 62 މީހުން މަރުވެ 584 މީހުން ޒަޚަމްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (ޑިސެމްބަރު 23) - އިންޑޮނީޝިއާގެ ސުންޑާ ސްޓްރައިޓުގެ އައްސޭރީގެ ހިސާބުތަކަށް އެރި ސުނާމީއެއްގައި 62 މީހުން މަރުވެ 584 މީހުން ޒަޚަމްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ރޭ އިރާކޮޅު އެރި ސުނާމީގައި އެތައް ސަތޭކަ އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެ އެޖެންސީން ލަފާ ކުރަނީ ސުނާމީ އުފެދުނީ ކްރަކަޓޮއާ އަލިފާން ފަރުބަދަ ގޮވުމުން ކަނޑު އަޑިއަށް އެރި ލޮޅުމެއްގައި ކަމަށެވެ. ސުންޑާ ސްޓްރައިޑް އޮންނަނީ ޖަވާ އާއި ސުމަޓްރާއާ ދެމެދުގަ އެވެ. މި ގަނޑުއޮޅި އޮންނަނީ ޖަވާ ކަނޑާ ގުޅިފަ އެވެ.

ސުނާމީގައި ކަރިޓާ ބީޗުން ބައެއް ތަކެއްޗަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ

ސުނާމީގައި ކަރިޓާ ބީޗުން ބައެއް ތަކެއްޗަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ

އިމަޖެންސީ އޮފިޝަލުން މިހާރު ދަނީ ސުނާމީ އުފެދުނީ ކްރަކަޓޮއާ ފަރުބަދަ ގޮވައިގެންތޯ ބަލަމުންނެވެ. ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނަނީ ސާދަ ވިލޭރޭގެ ހަނދާ ދިމާކޮށް ދިޔަވަރު ބޮޑުވި ވަގުތާ ދިމާވުމުން ވެސް ސުނާމީގެ ރާޅު ބޮޑުވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިންޑޮނީޝިއާގެ ސުލަވޭސީ އަށް އެރި ބާރުގަދަ ބިންހެލުމެއްގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ބިންހެލުމަށް ފަހު ވަނީ ޕާލޫ ސިޓީ އަށް ސުނާމީއެއް އަރައިފަ އެވެ.

ޑިސެމްބަރު 26، 2004 ގައި އިންޑޮނީޝިއާ އަށް އައި 9.3 ގެ ބާރުގަދަ ބިންހެލުމާ އެކު އެރި ސުނާމީގައި 14 ގައުމަކުން 228،000 މީހުން މަރުވި އެވެ. އިންޑޮނީޝިއާ އިން އެކަނި ވެސް 168،000 މީހުން މަރުވި އެވެ.

ސުނާމީގައި ކަރިޓާ ބީޗުން ބައެއް ތަކެއްޗާއި ވެހިކަލްތަކަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ

ސުނާމީގައި ކަރިޓާ ބީޗުން ބައެއް ތަކެއްޗާއި ވެހިކަލްތަކަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ