Roadha Mihaaru
ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1300 އަށް

ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1،300 އަށް

02 އޮކްޓޯބަރ 2018

ޕާލޫ (އޮކްޓޯބަރު 2) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑުގެ ޕާލޫ އަށް އައި ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1،347 އަށް އަރައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕާލޫ (އޮކްޓޯބަރު 2) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑުގެ ޕާލޫ އަށް އައި ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1،347 އަށް އަރައިފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ އެހީ ދޭ ޖަމާއަތްތަކުން އަދިވެސް ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ރިކްޓަ މިންގަނޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާއި ސުނާމީގެ ސަބަބުން މަގުތަކާއި ބްރިޖްތައް ހަލާކުވެފައިވުމުން ދުރު ހިސާބުތަކަށް އެހީގެ ޓީމުތައް ދަތުރު ކުރަން ވަނީ ދަތިވެފަ އެވެ.

އިންޑޮނީޝިއާ ސަރުކާރުން ބުނީ ބިންހެލުމުގައި ވަނީ 65،000 އަށް ވުރެ ގިނަ ގެ ވެއްޓި، 60،00 އަށް ވުރެ ގިނަ މީހުންނަށް ކުއްލި އެހީ ބޭނުންވެފައި ކަމަށެވެ.

ރައީސް ޖޮކޯ ވިޑޯޑޯ ވަނީ ގެއްލިފައިވާ މީހުން ހޯދުން އަވަސް ކުރަން އަންގަވައިފަ އެވެ. ރައީސް ވިޑޯޑޯ އިއްޔެ ވަނީ ބައިނަލްއަގުވާމީ އެހީ ގަބޫލް ކުރަން ވެސް އަންގަވައިފަ އެވެ. ނަމަވެސް ޕާލޫގެ އެއާޕޯޓް ހަލާކުވުމުން އެހީގެ ތަކެތި ހިފައިގެންދާ މަތިންދާ ބޯޓުތައް ޖައްސަން ވަނީ ދަތިވެފަ އެވެ.