Roadha Mihaaru
ސުނާމީއަށް ފަހު ޖަލު ފަޅާލައިގެން ގިނަ ބަޔަކު ފިލައިފި

ސުނާމީ އަށް ފަހު ޖަލު ފަޅާލައިގެން ގިނަ ބަޔަކު ފިލައިފި

01 އޮކްޓޯބަރ 2018

ޖަކާޓާ (އޮކްޓޯބަރު 1) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑުގެ ޕާލޫ އަށް އައި ބިންހެލުމާއި ސުނާމީ އަށް ފަހު ޖަލު ފަޅާލައިގެން ގާތްގަނޑަކަށް 1،200 އަށް ވުރެ ގިނަ މީހުން ފިލާފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (އޮކްޓޯބަރު 1) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑުގެ ޕާލޫ އަށް އައި ބިންހެލުމާއި ސުނާމީ އަށް ފަހު ޖަލު ފަޅާލައިގެން ގާތްގަނޑަކަށް 1،200 އަށް ވުރެ ގިނަ މީހުން ފިލާފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުނެފި އެވެ.

ޖަސްޓިސް މިނިސްޓްރީގެ އޮފިޝަލް ސްރީ ޕުގު އުތަމީ ވިދާޅުވީ ގައިދީން ފިލާފައި ވަނީ ޕާލޫ އާއި ޑޮންގަލަ އައިލެންޑުގެ ބައިބޯ ދެ ޖަލަކުން ކަމަށެވެ.

"ހީވާ ގޮތުން އެ މީހުން ފިލީ ބިންހެލުން އައި ވަގުތު އެ މީހުންގެ ފުރާނަ އަށް ވެސް ނުރައްކާވެދާނެހެން ހީވުމުން،" އުތަމީ ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ޕާލޫ އަށް އައި ބިންހެލުމަށް ފަހު ޕެޓްރޯލް ސްޓޭޝަންތައް ސިފައިން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

އިންޑޮނީޝިއާގެ ޕާލޫ އަށް އައި ބިންހެލުމަށް ފަހު ޕެޓްރޯލް ސްޓޭޝަންތައް ސިފައިން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

އޭނާ ވިދާޅުވީ ޑޮންގަލާ އައިލެންޑުގެ ޖަލުގައި އަލިފާން ޖެހުމަށް ފަހު އެ ޖަލުގައި ތިބި 343 ގައިދީން ފިލާފައިވާ ކަމަށެވެ. ޖަލުގައި ތިބި ގިނަ ގައިދީންނަކީ ކޮރަޕްޝަނާއި އެނޫން ވެސް ބޮޑެތި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ.

ޕާލޫ ސިޓީގައި 120 މީހުންގެ ޖާގަ އޮތް ޖަލެއްގައި 581 މީހުން ބައިތިއްބާފައިވާ ކަމަށްވެ އެވެ. ބިންހެލުމުގައި ޖަލުގެ ފާރެއް ވެއްޓުމާ އެކު އެ ޖަލުގައި ތިބި ހުރިހާ ކުށްވެރިން ވެސް ވަނީ ފިލައިފަ އެވެ.

ބިންހެލުމާއި ސުނާމީ އަށް ފަހު ވަނީ ކާބޯތަކެތި ނުލިބުމުން ބައެއް މީހުން ފިހާރަތައް ލޫޓްވާން ފަށައިފަ އެވެ. އަދި ޕެޓްރޯލް ސްޓޭޝަންތަކުން ވަނީ ވައްކަން ކޮށްފަ އެވެ.

ރިކްޓާ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 823 އަށް ވުރެ ގިނަ މީހުން ޕާލޫ އިން މަރުވެފަ އެވެ.