28 ސެޕްޓެމްބަރ 2018
ސުލަވެސީ (ސެޕްޓެމްބަރު 28) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް މިއަދު އައި ބިންހެލުމަށް ފަހު އެ ގައުމުގެ ޕާލޫ އަށް ސުނާމީ އަރައިފި އެވެ.
ސުލަވެސީ (ސެޕްޓެމްބަރު 28) - އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް މިއަދު އައި ބިންހެލުމަށް ފަހު އެ ގައުމުގެ ޕާލޫ އަށް ސުނާމީ އަރައިފި އެވެ.
ވިކްޓަ މިންގަނޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމަށް ފަހު ސުނާމީގެ އިންޒާރު ވެސް ނެރުނެވެ. ނަމަވެސް ސުނާމީ އެރީ އިންޒާރު ކެންސަލްކޮށްފައި ވަނިކޮށެވެ. ބިންހެލުމުގައި މީހަކު މަރުވި ކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ޕާލޫ އަށް އަރާފައި ވަނީ ހަ ފޫޓުގެ އުސް ސުނާމީއެއް ކަމަށް އޮފިޝަލުން ބުނެ އެވެ. ސުނާމީގައި ބައެއް އިމާރާތްތައް ހަލާކުވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީން ބުނީ ސުނާމީގައި ވަނީ ބައެއް އުޅަނދުތައް އެއްގަމަށް ލައްވެފައި ކަމަށެވެ.
އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު އެރި ސުނާމީގައި އެ ގައުމުން އެކަނި ވެސް ވަނީ 168،000 މީހުން މަރުވެފަ އެވެ. އެ ފަހަރުގެ ސުނާމީގައި އޭޝިއާ ސަރަހައްދުން ވަނީ 220،000 މީހުން މަރުވެފަ އެވެ. އެއީ 1900 ވަނަ އަހަރުގެ ފަހުން ދުނިޔެ އަށް ކުރިމަތިވި ތިން ވަނަ އަށް އެންމެ ބޮޑު ސުނާމީ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަސޭ ޕްރޮވިންސަށެވެ. ނަމަވެސް އެފްރިކާގެ ބައެއް ގައުމުތަކާ ހަމައަށް ސުނާމީގެ އަސަރު ވަނީ ކޮށްފަ އެވެ.
އޭގެ އެއް އަހަރު ފަހުން 2005 ވަނަ އަހަރު ސުމަތުރާ އަށް 8.7 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 900 މީހުން މަރުވެ 6،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ: މެޓް
ސުނާމީގައި ގެއްލުނު މީހުންގެ އަދަދު 5000 އަށް
ބިންހެލުން އައި ސިޓީން އަލިފާން ފަރުބަދައެއް ގޮވައިފި
ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ އަދަދު 1300 އަށް
ސުނާމީގައި ގެއްލުނު ދެމަފިރިން ބައްދަލުވުމުން ބޮޑު އުފަލެއް
ސުނާމީއަށް ފަހު ޖަލު ފަޅާލައިގެން ގިނަ ބަޔަކު ފިލައިފި
އިންޑޮނީޝިއާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 400 އަށް
އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެއިންޒާރު
ބިންހެލުމަކާ އެކު އިންޑޮނީޝިއާ އިން ސުނާމީގެ އިންޒާރު