Roadha Mihaaru
ސުނާމީގައި ގެއްލުނު ކުއްޖާ ހަފުތާއެއް ފަހުން އާއިލާއަށް

ސުނާމީގައި މަރުވި ކަމަށް ބެލެވުނު ފަސް އަހަރުގެ ކުއްޖާ އެނބުރި އާއިލާ ގާތަށް

07 އޮކްޓޯބަރ 2018

ޕާލޫ (އޮކްޓޯބަރު 7) - އިންޑޮނީޝިއާގެ ޕާލޫ ސިޓީ އަށް މިދިޔަ މަހު 28 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ އެކު އެރި ސުނާމީގައި ސުސީ ރަހުމަތިއާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅު ގެއްލުނެވެ. އެ އާއިލާ އިން ދިޔައީ ކެނޑި ނޭޅި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހަފުތާއެއް ވާން ކައިރިވި އިރު ކުއްޖާ ނުފެނުމުން އެ މީހުން ހީކުރީ ސުނާމީގައި އެ ކުއްޖާ މަރުވީ ކަމަށެވެ.

ހަސަން އާމިރު ހަސަން އާމިރު

ނަމަވެސް މިދިޔަ ހުކުރު ދުވަހު ވަނީ ރަހުމަތިއާގެ އާއިލާ އަށް އުފާވެރިކަން ލިބިފަ އެވެ. އެ މީހުންގެ ކުޑަ ދަރިފުޅު އަލުން އާއިލާ އަށް ލިބިފަ އެވެ.

ސުނާމީ އައި އިރު ފަސް އަހަރުގެ ކުއްޖާ ހުރީ އޭނާގެ މާމަ އާޖާރިނީ އެކު ބީޗުގެ ކައިރި ހިސާބެއްގަ އެވެ. ބޮޑު ރާޅަށް ފަހު އަޖާރިނީ، 48، އަށް ފަސް އަހަރުގެ ޖުމާދިލް ގެއްލުނެވެ.

ސުނާމީގައި ގެއްލުނު ކުއްޖާ، މީހަކު އުރާލައިގެން.

ސުނާމީގައި ގެއްލުނު ކުއްޖާ، މީހަކު އުރާލައިގެން.

"އަހަރެމެން ހީކުރީ އެ ކުއްޖާ ވާނީ މަރުވެފައި ކަމަށް. އެކަމަކު އުއްމީދު ދޫކޮށް ނުލައި އަހަރެމެން ދިޔައީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން،" ޖުމާދިލްގެ ބައްޕަ، 24 އަހަރުގެ މުހައްމަދު އާރިފް ބުންޏެވެ.

ޖުމާދިލްގެ ބޮޑު ބޭބެއަކު ވަނީ އެ ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ މެސެޖެއް ފޭސްބުކުގައި ލިޔެފަ އެވެ. ސުނާމީ އަށް ފަހު ސަލާމަތްވި ކުދިން ފުލުސް ސްޓޭޝަނަކަށް ގެންދިޔަކަން ޖުމާދިލްގެ އާއިލާއަކަށް ނޭނގެ އެވެ. އެ ސްޓޭޝަނުގައި ހުރި އިރު ޖުމާދިލް ދިޔައީ މަންމަ އާއި ބައްޕަ ހޯދަން ރޮމުންނެވެ. ނަސީބު ދިމާކުރި ގޮތުން އެ ސްޓޭޝަނުގައި ހުރި ސާތިނީ ކިޔާ އަންހެނަކު ވަނީ ޖުމާދިލް ބަލަހައްޓައިދީފަ އެވެ. ޖުމާދިލް މަސަލަސް ކުރަން އެ އަންހެން މީހާ ބުނަމުން ދިޔައީ މަންމަ ދިޔައީ ކިރު ގަންނަން ކަމަށާއި ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

ސުނާމީގައި ގެއްލުނު ކުއްޖާގެ ބައްޕަ (މ) އެ ކުއްޖާ އުރާލައިގެން.

ސުނާމީގައި ގެއްލުނު ކުއްޖާގެ ބައްޕަ (މ) އެ ކުއްޖާ އުރާލައިގެން.

އެކަމަކު ހަފުތާއެއްހާ ދުވަސް ފަހުން ސާތިނީ އަށް ޖުމާދިލްގެ އާއިލާގެ ފޭސްބުކުގެ މެސެޖް ފެނުނެވެ. ފޭސްބުކުގައިވާ ފޮޓޯ އާއި ޖުމާދަލްއާ ވައްތަރުވުމުން އޭނާ އިތުރަށް ޗެކް ކުރި އެވެ. ޖުމާދަލްގެ ކަރުގައިވާ އުފަންލަކަކުން އެއީ ހޯދަމުންދާ ކުއްޖާކަން ސާތިނީ އަށް ޔަގީންވި އެވެ. އެއަށް ފަހު ޖުމާދިލްގެ އާއިލާ ހޯދާ އެ ކުއްޖާ ހަވާލު ކުރި އެވެ.