Roadha Mihaaru
ހިތްވަރަކީ ސުނާމީގައި ބިމާހަމަވިިއިރު ސަލާމަތްވި މިސްކިތް

ސުނާމީގައި ބިމާ ހަމަވިޔަސް ހިތްވަރަކަށްވީ ކޮޅަށް ހުރި މިސްކިތް

26 ޑިސެމްބަރ 2021

އިންޑޮނީޝިއާގެ ސުމަޓްރާއަށް މީގެ 17 އަހަރު ކުރިން މި ދުވަހު އައި ބާރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އެންމެ ކުރިން އަދި އެންމެ އަވަހަށް ބިމާ ހަމަވެ ރާޅާ އެކު ދޮވެލި އެއް ތަނަކީ އެ ގައުމުގެ ބަންޑާ އަޗޭ އެވެ. ހިނދުކޮޅެއްގެ ތެރޭ މުޅި ސިޓީ ސުންނާފަތިވެ ލައްކައަކަށް ވުރެ ގިނަ މީހުން އެތަނުން މަރުވިޔަސް ހަމަ އެއްގޮތެއް ވެސް ނުވެ ކޮޅަށް ހުރި ބައިތުއްރަހްމާން މިސްކިތް ވެގެން ދިޔައީ އަޗޭގެ މީހުންނަށް ލިބުނު އުންމީދަކަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންޑޮނީޝިއާގެ ސުމަޓްރާއަށް މީގެ 17 އަހަރު ކުރިން މި ދުވަހު އައި ބާރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އެންމެ ކުރިން އަދި އެންމެ އަވަހަށް ބިމާ ހަމަވެ ރާޅާ އެކު ދޮވެލި އެއް ތަނަކީ އެ ގައުމުގެ ބަންޑާ އަޗޭ އެވެ. ހިނދުކޮޅެއްގެ ތެރޭ މުޅި ސިޓީ ސުންނާފަތިވެ ލައްކައަކަށް ވުރެ ގިނަ މީހުން އެތަނުން މަރުވިޔަސް ހަމަ އެއްގޮތެއް ވެސް ނުވެ ކޮޅަށް ހުރި ބައިތުއްރަހްމާން މިސްކިތް ވެގެން ދިޔައީ އަޗޭގެ މީހުންނަށް ލިބުނު އުންމީދަކަށެވެ.

ރިކްޓަ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އެކި ގައުމުތަކުން 230،000 މީހުން މަރުވި އިރު އަޗޭ އަކީ އެންމެ ގިނަ މީހުން މަރުވި ތަނެވެ. ދުނިޔޭގެ ތާރީހުގައި ވެސް ރެކޯޑް ކުރެވުނު އެންމެ ނުރައްކާތެރި ގުދުރަތީ ހާދިސާގެ ގޮތުގައި ބެލެވިފައިވާ މި ސުނާމީ އުފެދުނު އައްސޭރީގައި އޮތް އަޗޭ އަށް މިހާ ބޮޑަށް ގެއްލުން ވިޔަސް އެތަން ވެފައި ވަނީ ނިސްބަތުން އެންމެ އަވަހަށް އާންމު ހާލަތަށް ރުޖޫއަވި އެއް ތަނަށެވެ.

އަޗޭގެ މީހުން ގަބޫލުކުރި ގޮތުގައި އެހާ ބާރުގަދަ ބިންހެލުމާއި ސުނާމީއަށް ފަހު ވެސް، ދުވަސްވީ ބައިތުއްރަހްމާން މިސްކިތް ކޮޅަށް ހުރުމުން އެއީ އަލުން ދިރިއުޅުން އާރާސްތުކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

އިންޑޮނީޝިއާގެ ބައިތުއްރަހްމާން މިސްކިތް، ސުނާމީ އަށް ފަހު

އިންޑޮނީޝިއާގެ ބައިތުއްރަހްމާން މިސްކިތް، ސުނާމީ އަށް ފަހު

ސުނާމީގައި ކަނޑަކަށް ހަދާލި އަޗޭ، ވެއްޓިފައިވާ އިމާރާތްތަކާއި ކުނިބުނިން ފުރާލި އިރު ބައިތުއްރަހްމާން މިސްކިތް ކޮޅަށް ހުރީ އަދިވެސް ދިރިއުޅުމުގެ އުންމީދު އެބަ އޮތޭ ބުނާ ފަދަ ގޮތަކަށެވެ. އެ މިސްކިތަށް ލިބުނު ހަމައެކަނި ގެއްލުމަކީ މުންނާރުގައި ބައެއް ރެނދު ލައި، މުންނާރު ކުޑަކޮށް އަރި އަޅާލުމެވެ.

މިހާ ބޮޑަށް ހަލާކުވި ސިޓީ އާންމު ހާލަތަކަށް ރުޖޫއަވާން ހޭދަވީ ދިހަ ވަރަކަށް އަހަރެވެ.

ސުނާމީ އަށް 10 އަހަރު ފުރުނު އިރު އޭރުގެ ހާލަތާ ބެހޭ ގޮތުން އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި، އެހީގެ ޖަމިއްޔާ އޮކްސްފަމްގެ އިންޑޮނީޝިއާ ގޮފީގެ ޑެޕިއުޓީ ޑިރެކްޓަރު އަލޮސިއަސް ސުރަޓިން ވަނީ މިކަން ފާހަގަކުރައްވައިފަ އެވެ.

"ބުނެވޭނީ ދިރިއުޅުން މިހާރު އާންމު ހާލަތަކަށް އަތުވެއްޖޭ. އެ މީހުން އަލުން އާރާސްތުކުރަން ވަރަށް ބުރަކޮށް މަސައްކަތްކުރި،" އޭނާ ވިދާޅުވެފައިވެ އެވެ.

"ކާރިސާގައި އެ މީހުންގެ އާއިލާގެ މެންބަރުންނާއި ހުރިހާ މުދަލެއް ވެސް ގެއްލިގެން ދިޔަ. ދިރިއުޅުމަށް ކުރި މަސައްކަތް ގެއްލިގެން ދިޔަ. އެ މީހުންނަށް އެންމެ އުނދަގޫ އަދި އެންމެ ބޮޑު ދައްޗަކީ އާއިލާގެ ބަޔަކު ގެއްލިގެން ގޮސްފައިވާކަން ގަބޫލުކުރަން ދަތިވުން. މި ކާރިސާގައި އެންމެ ބޮޑު ގެއްލުމަކީ އެއީ."

އަޗޭގެ އާންމުން އެ މީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހި ގޮތުގެ ވާހަކަ ކިޔައިދޭއިރު ބައިތުއްރަހްމާން މިސްކިތާއި އަދި އެ ނޫނަސް، ސުނާމީގައި ސަލާމަތްވި މިސްކިތްތަކުގެ ސަބަބުން ލިބުނު ހިތްވަރު ފާހަގަކުރެ އެވެ.

ބައިތުއްރަހްމާން މިސްކިތަކީ 1873 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ތަޅާލުމަށް ފަހު ޑަޗް އިސްތިއުމާރީން 19 ވަނަ ގަރުނުގައި ބިނާކުރި މިސްކިތެކެވެ. މިހެން މިކަން ވެފައި އޮތުމުން އެ މިސްކިތަކީ އާންމުން އެހާ ގިނައިން ގޮސް އުޅުނު ތަނެއް ވެސް ނޫނެވެ. އެކަމަކު ސުނާމީ އަށް ފަހު އެއީ ހާއްސަ ތަނަކަށް ވަނީ ވެފަ އެވެ.

އިންޑޮނީޝިއާގެ ބައިތުއްރަހްމާން މިސްކިތް، ސުނާމީ އަށް ފަހު އަދި އޭގެ ކުރިން

އިންޑޮނީޝިއާގެ ބައިތުއްރަހްމާން މިސްކިތް، ސުނާމީ އަށް ފަހު އަދި އޭގެ ކުރިން

ސުނާމީއަށް ފަހު އެންމެން މާޔޫސްވެ ގޮތް ހުސްވެފައި ތިއްބާ، ދީނީ އިލްމުވެރިޔާ އަދި އިންޑޮނީޝިއާގެ ސިޔާސީ ބޭފުޅެއް ކަމަށްވާ މުހައްމަދު ސިރާޖުއްސީން ޝަމްސުއްދީން ބައިތުއްރަހްމާން މިސްކިތަށް ވަޑައިގެން އެންމެން އެއްކުރައްވައި އަޗޭ އަލުން އާރާސްތުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ހިތްވަރު ދެއްވައި ވާހަކަ ދެއްކެވި އެވެ.

އޭގެ ފަހުން އައި އަހަރުތަކުގައި އަޗޭގެ ޒަމާންވީ ދާހިލީ ހަނގުރާމަ ނިމުމަކަށް އައިސްފައިވެ އެވެ. އަދި އެއާ އެކު އަލުން އާރާސްތުކުރުމުގެ ބުރަ މަސައްކަތް ފެށި އެވެ. މި ބުރަ މަސައްކަތުގައި އެ މީހުންގެ އެންމެ ހާއްސަ އެއް ތަނަކީ ބައިތުއްރަހްމާން މިސްކިތް ކަމަށް ވަނީ ވެފަ އެވެ.

އިންޑޮނީޝިއާގެ ބައިތުއްރަހްމާން މިސްކިތް 2004 ވަނަ އަހަރު އަދި 2020 ވަނަ އަހަރު ހުރި ގޮތް

އިންޑޮނީޝިއާގެ ބައިތުއްރަހްމާން މިސްކިތް 2004 ވަނަ އަހަރު އަދި 2020 ވަނަ އަހަރު ހުރި ގޮތް

"އާންމުންގެ ކޮންމެ މީހަކު ވެސް ބުނާނެ އެ މިސްކިތް ވަރަށް ހާއްސަ ކަމަށް. އެ މިސްކިތް ސަލާމަތްވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި އެ މީހުން ނުދެކޭ. އެ މީހުން ފުރަތަމަ ވެސް ދައްކާ ވާހަކަ އަކީ މިއީ،" ސުރަޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުނާމީ ވެގެން ދިޔައީ އަޗޭގެ މީހުން ދިރިއުޅުމާ މެދު ދެކޭ ގޮތް ބަދަލުކޮށްލި ކަމަކަށެވެ. ދަތިކަމުގެ ކޮންމެ ވަގުތެއްގައި ސުނާމީ އަށް ފަހު ކުރި ބުރަ މަސައްކަތާއި ނެރުނު ނަތީޖާއިން އެ މީހުން ހިތްވަރު ހޯދަ އެވެ.