Roadha Mihaaru

މި ކުއްޖާގެ ވާހަކަޔާ އެކު ޕްރެޒެންޓަރަށް ރޮވިއްޖެ

މިއީ އުމުރުން ފަސް އަހަރު އުމްރާން ދަގްނީޝް އެވެ. ލެޔާއި ހިރަފުހުން މޫނާއި ހަށިގަނޑު ފޮރުވިފައި އެ ވަނީ އެ ކުއްޖާގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. އާއިލާއާ އެކު ގޭގައި ނިދަން އޮއްވައި ދިން ހަމަލާއަކުން ސަލާމަތްވުމުން އިށީނދެލައިގެން އެ އިނީ އެމްބިއުލާންސެއްގެ ގޮނޑިއެއްގަ އެވެ. ސީރިއާ ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކުގެ ފަސް އަހަރުވީ ކުރިމަތިލުންތަކުގެ ހިތްދަތިކަން ސިފަކޮށްދޭ އަސަރުހުރި މަންޒަރަކަށް މި ފޮޓޯ ވެސް ވެއްޖެ އެވެ.

ހަނގުރާމަވެރިންގެ އަތްދަށުގައިވާ ހަލަބް އަށް ސިފައިން ދިން މި ހަމަލާޔާ ބެހޭ ގޮތުން ސީއެންއެން އިން ގެނައި ޚަބަރު ހުށަހަޅައިދިން ކޭޓް ބޮލްޑުއާން އަށް ވެސް މި ވާހަކަ ކިޔައިދޭން ކެތެއް ނުވި އެވެ. ހަމަލާގައި މަރުވި މީހުންގެ ޒަހަމްވި މީހުންގެ އަދަދު ކިޔައިދެމުން ގޮސް، އުމްރާނަށް އިޝާރާތްކުރަމުން ޕްރެޒެންޓަރު ބޮލްޑުއާން އަށް ރޮވުނެވެ.

ބޮލްޑުއާން ޚަބަރު ކުރިއަށް ގެންދަމުން ބުނީ އެ ކުޑަ ކުއްޖާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނާންނަ ކަމަށާއި އެކަމަކު އަހަރެމެންނަށް އެ މަންޒަރު ބަލަން ކެތް ނުވެ ރޮވޭ ކަމަށެވެ.

އޮމްރާން އެމްބިއުލާންސްގައި

އޮމްރާން އެމްބިއުލާންސްގައި

"... އެ ކުއްޖާ އެންމެ ފަހަރަކު ވެސް ނުރޮއެ. އެ ކުއްޖާ ގޭގައި އޮއްވައި ކުއްލިއަކަށް އައި ހަނގުރާމައިގެ އަނިޔާވެރި ހަމަލާއެއްގައި އެ ކުއްޖާ އެ އިނީ ޝޮކެއްގައި،" ޕްރެޒެންޓަރު ރޮމުން ކިޔައިދިނެވެ.

އުމްރާން ޒަހަމްވި ހަމަލާގައި މަދުވެގެން ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި 12 ކުއްޖަކު ޒަހަމްވެ ފަރުވާ ދޭން ޖެހުނެވެ.

ޕްރެޒެންޓަރު ޚަބަރު ނިންމާލަމުން ބުނީ މިއީ އުމްރާން ކަމަށާއި އޭނާ ސަލާމަތްވި ކަމަށެވެ. އަދި އެންމެންނަށް މިކަން އަންގައިދޭން އުމްރާން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.