ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ "ގެ ނަމުގައި އެކި ސަރަހައްދުތަކަށް ޚާއްސަ ފުލުހުންގެ އޮފިސަރުން ހަމަޖައްސަން ނިންމައިފި އެވެ.
17 ޑިސެމްބަރ 2018
ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ "ގެ ނަމުގައި އެކި ސަރަހައްދުތަކަށް ޚާއްސަ ފުލުހުންގެ އޮފިސަރުން ހަމަޖައްސަން ނިންމައިފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެކްޓިން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ ނެއިބާ ހުޑް ސަޕޯޓް އޮފިސަރުން ފުރަތަމަ ހަމަޖައްސާނީ ގްރޭޓާ މާލެ އޭރިއާ އަށް ކަމަށެވެ. އެގޮތުން އޮފިސަރުން ހަމަޖައްސާނީ މާލޭގެ ހަތަރު ސަރަހައްދަކަށް އަދި ހުޅުމާލޭގެ ތިން ސަރަހައްދަކަށް ބަހާލައި، އެއިން ކޮންމެ ސަރަހައްދަކީ ނެއިބަހުޑެއް ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ވިލިމާލެ ބަލާނީ އެއް ނެއިބަހުޑްގެ ގޮތުގަ އެވެ.
ހަމީދު ވިދާޅުވީ ނެއިބާހުޑް އޮފިސަރުންގެ ގޮތުގައި ހަމަޖައްސާނީ ވަކި ރޭންކަކުން މަތީގެ އޮފިސަރުން ކަމަށާއި އެ އޮފިސަރުންގެ ދަށުން ޕެޓްރޯލްކުރާނެ ފުލުހުންގެ ގްރޫޕްތައް ވެސް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ހަމަޖައްސާ އޮފިސަރުންނާ ގުޅޭނެ ނަމްބަރާއި އެހެން މައުލޫމާތުތައް ވެސް ނެއިބަހުޑްތަކުގެ ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މީގެ އަމާޒަކީ މިއިން ކޮންމެ ނެއިބަހުޑް ސަޕޯޓް އޮފިސަރަކީ އެ ސަޕޯޓް އޮފިސަރެއްގެ ޖޫރިސްޑިކްޝަންގެ ތެރޭގައި ކަނޑައެޅިފައިވާ ސަރަހައްދު ރަނގަޅަށް ބެލެހެއްޓި، އެ އޮފިސަރުންގެ ދަށުން ޕެޓްރޯލްކުރާ ފުލުހުން އެއީ ރައްޔިތުންނާ ވީހާވެސް ބޮޑަށް އެންގޭޖްވެގެން [މަސައްކަތް ކުރާ ބަޔަކަށް ހެދުން]، " އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މި އާ އިންތިޒާމްގެ ބޭނުމަކީ ފުލުހުންނަކީ ހަމަ އެކަނި ކަމެއް ހިނގުމުން ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ އިތުރުން ދުރާލާ ފިޔަވަޅު އަޅާ ބަޔަަކަށް ވުމުގެ ސަގާފަތް އަށަގެންނެވުން ކަމަށެވެ.
ހަމީދު ވިދާޅުވި ގޮތުގައި އެންމެ މުހިއްމު ކަމަކީ ސަރަހައްދުތަކަށް ހަމަޖައްސާ ފުލުހުންނާ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ވީހާވެސް ގާތް ގުޅުމެއް އުފެއްދުން ކަމަށެވެ.
"އެއީ ހަގީތުގައި ފުލުހުންގެ މަސައްކަތް ބިނާވާ އަސާސަކީ. ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުންގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކޮށްގެން ހިދުމަތް ވަރަށް ކައިރިން ދިނުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ރައްޔިތުންގެ އަޑު އަހައިގެން ކަންބޮވުންތައް ދެނެގަނެގެން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ހަމީދު ވިދާޅުވީ ނެެއިބަހުޑް އޮފިސަރުން ތައާރަފް ކުރުމަކީ ފުލުހުންގެ މަސައްކަތް ޑީސެންޓްރަލައިޒްވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ސަރަހައްދުތަކުގައި ހިނގާ ކަންތައްތައް މިހާރަށް ވުރެ ރަނގަޅަށް ދެނެގަނެވި، ފުލުހުން ޕެޓްރޯލް ކުރާ އުސޫލުތަކަށް ހާލަތާ ގުޅޭ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައިފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
ސަފާރީ ކޭހަކީ އަޑު އެރި ވަރުގެ ކަމެއް ނޫން: އިމްރާން
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ
ފިހާރަ/ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ލިބޭނެ
ރޭގަނޑު 8 އިން ފަތިހު 5 އަށް އުޅަނދުތައް މަނާ!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން