14 ޑިސެމްބަރ 2018
އެތަންސް، ގްރީސް (ޑިސެމްބަރު 14) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ހަންގޭރީގެ ވިޑީ އެފްސީއާ 2-2 އިން އެއްވަރުވެ ޗެލްސީގެ މޮޅުވުމުގެ ރެކޯޑަށް ނިމުމެއް އައިއިރު، ރަށުންބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން 3-1 އިން ބަލިވެ އޭސީ މިލާނަށް މުބާރާތް ނިމިއްޖެ އެވެ.
އެތަންސް، ގްރީސް (ޑިސެމްބަރު 14) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ހަންގޭރީގެ ވިޑީ އެފްސީއާ 2-2 އިން އެއްވަރުވެ ޗެލްސީގެ މޮޅުވުމުގެ ރެކޯޑަށް ނިމުމެއް އައިއިރު، ރަށުންބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން 3-1 އިން ބަލިވެ އޭސީ މިލާނަށް މުބާރާތް ނިމިއްޖެ އެވެ.
ރޭގެ މެޗުގެ ކުރިން ޗެލްސީ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މެޗުގައި ޗެލްސީން ވަނީ ވިލިއަންގެ ގޯލުން މެޗުގެ 30 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ޗެލްސީގެ ޒުވާން ކުޅުންތެރިއާ އެތަން އަމްޕަޑޫ އަތުން ބައިކޮޅަށް ވަން ގޯލުން ވިޑީން ނަތީޖާ ހަމަހަމަ ކުރިއެވެ.
ވިޑީން ދެ ވަނަ ހާފުގައި ލީޑުނެގީ ދެ ވަނަ ހާފުގައި ލޮއިކް ނެގޯ ޖެހި ހިތްގައިމު ވޮލީންނެވެ. ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި އޮލިވިއޭ ޖިރޫޑް ހިލޭ ޖެހުމަކުން ޖެހި ގޯލުންނެވެ.
ގްރޫޕް އެލްގެ އެއް ވަނަ ޗެލްސީން ހޯދީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ ބެލަރޫސްގެ ބާޓޭ ބޮރިސޯފް އެވެ. އެ ޓީމަށް ވަނީ ނުވަ ޕޮއިންޓް ލިިބިފަ އެވެ. ތިން ވަނަ އަށް ދިޔަ ވިޑީ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލަށް ދިޔަ ގްރީސްގެ ޕީއޭއޯކޭ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ރޭ ޕީއޭއޯކޭ އަތުން ބާޓޭ މޮޅުވީ 3-1 އިންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އޮލިމްޕިއާކޯސް އިން މިލާން ކޮޅަށް ފުރަތަމަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ޕާޕާ އަބޫ ސީސޭގެ ލަނޑުން އޮލިމްޕިއާކޯސް ލީޑުނެގިއިރު، އޭގެ ނުވަ މިނިޓް ފަހުން މިލާނުގެ ޑިފެންޑަރު ކްރިސްޓިއަން ޒަޕާޓާ އަތުން ބައިކޮޅަށް ވަން ގޯލުން އޮލިމްޕިއާކޯސް އިން ލީޑުފުޅާކުރިއެވެ. މެޗުގެ 71 ވަނަ މިނިޓްގައި ޒަޕާޓާ ވަނީ މިލާނަށް ލަނޑެއް ޖަހައިދީ އުއްމީދު އާ ކޮށްދީފަ އެވެ. އެއް ގޯލުގެ ތަފާތުން މިލާން ބަލިވި ނަމަވެސް އެ ޓީމަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. އެކަމަކު މިލާނަށް އެ ނަތީޖާގައި ހިފަހައްޓައި ނުލެވުނެވެ. މެޗުގެ 81 ވަނަ މިނިޓްގައި އޮލިމްޕިއާކޯސް ދެ ވަނަ ބުރަށް ގެންގޮސްދިން ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ކޮންސްޓަންޓިނޯސް ފޯޓޫނިސް އެވެ.
ގްރޫޕް އެފްގެ އެއް ވަނަ އަށް ދިޔައީ 12 ޕޮއިންޓް ހޯދި ރެއާލް ބެޓިސް އެވެ. ދެ ވަނަ އަށް ދިޔަ އޮލިމްޕިއާކޯސް އާއި ތިން ވަނަ އަށް ދިޔަ މިލާނަށް 10 ޕޮއިންޓް ލިބުނުއިރު، އޮލިމްޕިއާކޯސް އަށް ކުރި ލިބުނީ ޖެހި ގޯލަށް ބަލައިގެންނެވެ. ގްރޫޕުގެ ފުލުގައި އޮތް ލަގްޒެމްބާގުގެ ޑުޑްލޯންޖް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް ވަނީ އަޒަރުބައިޖާނުގެ ގަރަބަގް އަތުން 1-0 އިން މޮޅުވެފަ އެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ސެވިއްޔާ ވަނީ 3-0 އިން ރަޝިއާގެ ކްރަސްނޯޑާ ބަލިކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ދެ ވަނަ ބުރުގެ ޖާގަ ހޯދީ ޖަރުމަނުގެ ދެ ޓީމު ކަމަށްވާ އެއިންޓްރަކްޓް ފްރޭންކްފާޓާއި އާރްބީ ލިޕްޒިގު އެވެ.
ބަޔާ ލެވަކޫސަން (ޖާމަނީ)، އެފްސީ ޒިއުރިކް (ސްވިޒަލެންޑް)، އާރްބީ ލިޕްޒިގު (ޖާމަނީ)، ސެލްޓިކް (ސްކޮޓްލެންޑް)، ޒެނިޓު އެސްޓީ ޕީޓާސްބާގް (ރަޝިއާ)، ސްލަވިއާ ޕްރާގް (ޗެކް ރިޕަބްލިކް)، ޑިނަމޯ ޒަގްރެބް (ކްރޮއޭޝިއާ)، ފެނަބާޗޭ (ތުރުކީ)، އާސެނަލް (އިންގްލެންޑް)، ސްޕޯޓިން (ޕޯޗުގަލް)، ރެއާލް ބެޓިސް (ސްޕެއިން)، އޮލިމްޕިއާކޯސް (ގްރީސް)، ވިޔަރެއާލް (ސްޕެއިން)، ރެޕިޑް ވިއޭން (އޮސްޓްރިއާ)، އެއިންޓްރަކްޓް ފްރޭންކްފާޓް (ޖާމަނީ)، ލާޒިއޯ (އިޓަލީ)، ގެންކް (ބެލްޖިއަމް)، މަލްމޯ (ސްވިޑެން)، ސެވިއްޔާ (ސްޕެއިން)، ކްރަސްނޯޑާ (ރަޝިއާ)، ޑައިނަމޯ ކިއޭވް (ޔޫކްރޭން)، ރެނެސް (ފްރާންސް)، ޗެލްސީ (އިންގްލެންޑް)، ބާޓޭ ބޮރިސޯފް (ބެލަރޫސް).
- ޗެމްޕިއަންސް ލީގުން ޔޫރޮޕާ ލީގަށް އައި ޓިމުތައް: ކްލަބް ބްރޫޖް (ބެލްޖިއަމް)، އިންޓަ މިލާން (އިޓަލީ)، ނަޕޯލީ (އިޓަލީ)، ގަލަސަތަރާއި (ތުރުކީ)، ބެންފީކާ (ޕޯޗުގަލް)، ޝަކްތާ ޑޮނެކްސް (ޔޫކްރޭން)، ވިކްޓޯރިއާ ޕްލްޒެން (ޗެކް ރިޕަބްލިކް)، ވެލެންސިއާ (ސްޕެއިން).
މިލާން، އާސެނަލް އަދި ޗެލްސީ މޮޅުވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ގަދަ 16 ގެ ޓީމުތައް އޭސީ މިލާން ދެކެ ޖެހިލުންވާނެ
ޗެލްސީގައި ފްލޮޕްވި ޕުލިސިޗް މިލާނަށް
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
ޖިރޫގެ މޮޅު ކުޅުމާ އެކު މިލާން ދެ ވަނަ ބުރަށް
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
އިޓަލީގައި ވެސް މިލާން ބަލިކޮށް ޗެލްސީ އެއް ވަނައަށް
މިލާން ބަލިކޮށް ޗެލްސީ ކުރިއަށް ޖެހިލައިފި