ވޮޝިންޓަން (ޑިސެމްބަރު 12) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ވަކީލް މައިކަލް ކޮއެން ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
13 ޑިސެމްބަރ 2018
ވޮޝިންޓަން (ޑިސެމްބަރު 12) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ވަކީލް މައިކަލް ކޮއެން ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
އޭނާ އަކީ އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި މައްސަލައިގައި ޓްރަމްޕުގެ އެންމެ އަރިސް މީހުންގެ ތެރޭން ޖަލަށްލި ފުރަތަމަ މީހާ އެވެ. އޭނާ ކުށްވެރިވެފައި ވަނީ ކެމްޕޭން ފައިސާ ގަވާއިދާ ޚިލާފަށް ބޭނުން ކުރުމާއި ޓެކްސް އަށް މަކަރު ހެދުމާ އަދި ކޮންގްރެސް އަށް ދޮގު ހެދުމުންނެވެ.
ނިއު ޔޯކުގެ ކޯޓުގައި ވާހަކަ ދައްކަވަމުން 52 އަހަރުގެ ކޮއެން ވިދާޅުވީ އަލި މަގަކުން ހިނގެން އޮއްވާ އޭނާ އަނދިރި މަގަކަށް އެއްލާލީ ކުރީގެ ބޮސް ކަމަށެވެ. އަދި އޭނާގެ ބަލިކަށި ކަމަކީ ޓްރަމްޕަށް ވަފާތެރިވުން ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕާ އެކު ބަދުއަޚުލާގީ އަަމަލު ހިންގި ކަމަށް ބުނެ އަންހެނަކު އެ ވާހަކަތައްް އިންތިޚާބުގެ ތެރޭގައި ސިއްރު ކުރާ މަތިން އެ އަންހެން މީހާ އަށް ފައިސާ ދީފައި ވަނީ ކޮއެން އެވެ.
ޖަލު ހުކުމުގެ އިތުރުން ކޮއެން ވަނީ ދެ މިލިއަނެއްހާ ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ޓްރަމްޕުގެ ވަކީލްއާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފި
ޓްރަމްޕުގެ ވަކީލަށް ކޮވިޑް ޖެހި ހޮސްޕިޓަލްގައި
ޓްރަމްޕުގެ ވަކީލްގެ އޮފީސް އެފްބީއައި އިން ފާސްކޮށްފި
ޖިންސީ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑް
"ރަނގަޅަށް ފެންވަރަން" ޓްރަމްޕުގެ އަމުރެއް
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
ޓިކްޓޮކް ގަންނާނެ ބަޔަކު ހޯދަން އިތުރު 75 ދުވަސް ދީފި
އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީ އަލުން ދެނީ
ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ ޗެއާމަނަކަށް ޓްރަމްޕް
ކާބުލް އެއާޕޯޓަށް ދިން ހަމަލާ ރޭވި މީހާ ހައްޔަރުކޮށްފި