ވޮޝިންޓަން (އެޕްރީލް 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވަކީލް މައިކަލް ކޯއެންގެ އޮފީސް އެފްބީއައި އިން ބަލާ ފާސްކޮށްފި އެވެ.
10 އެޕްރީލް 2018
ވޮޝިންޓަން (އެޕްރީލް 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވަކީލް މައިކަލް ކޯއެންގެ އޮފީސް އެފްބީއައި އިން ބަލާ ފާސްކޮށްފި އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ އެފްބީއައިގެ އެޖެންޓުން ވަނީ ޓްރަމްޕާ އެކު ގުޅުންތަކެއް ހިންގި ކަމަށް ބުނާ ކަސްބީ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސް އަށް ކޯއެން ފައިސާ ދެއްކި ކަމަށް ބުނާ ލިޔުންތައް ހޯދައިފައި ކަމަށެވެ. ކޯއެން އަކީ ޓްރަމްޕުގެ އަމިއްލަ ވަކީލަކަށް ވުރެ ގާތް ބޭފުޅެކެވެ. އެއީ ޒަމާނުއްސުރެ ދެ ރަހުމަތްތެރިންނެވެ.
ޓްރަމްޕުގެ ވަކީލް ކޯއެންގެ އޮފީހާއި ލޯއެވްސް ރީޖެންސީ ހޮޓެލްގައި ހުންން ކޯއެންގެ ކޮޓަރީ އެފްބީއައި އިން ވަނީ ބަލާ ފާސްކޮށްފި. --ފޮޓޯ:އޭއެފްޕީ
ސްޓޯމީ ޑެނިއަލްސް އަށް ކޯއެން 130،000 ޑޮލަރު ދައްކާފައި ވަނީ ޓްރަމްޕާ އެކު ބޭއްވި ގުޅުންތަކުގެ ވާހަކަތައް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ނުދައްކާ މަތިންނެވެ. ކޯއެން ވިދާޅުވެފައި ވަނީ ސްޓޯމީ ޑެނިއަލްސް އަށް ދީފައި ވަނީ އޭނާގެ އަމިއްލަ ފައިސާ ކަމަށެވެ. ޑެނިއަލްސް މިދިޔަ މަހު ވަނީ ޓްރަމްޕާ އެކު ބޭއްވި ގުޅުންތައް ޓީވީ ޗެނަލަކަށް ކިޔައިދީފަ އެވެ.
ކޯއެންގެ އޮފީސް ފާސްކުރުމުން ރައީސް ޓްރަމްޕް ވަނީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެއީ ގައުމަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ ވަކީލްއާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފި
ޓްރަމްޕުގެ ވަކީލަށް ކޮވިޑް ޖެހި ހޮސްޕިޓަލްގައި
ޓްރަމްޕުގެ ކުރީގެ ވަކީލް ތިން އަހަރަށް ޖަލަށް
ޖިންސީ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑް
"ރަނގަޅަށް ފެންވަރަން" ޓްރަމްޕުގެ އަމުރެއް
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
ޓިކްޓޮކް ގަންނާނެ ބަޔަކު ހޯދަން އިތުރު 75 ދުވަސް ދީފި
އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީ އަލުން ދެނީ
ވޯލްޑް ކަޕްގެ ޓާސްކްފޯހުގެ ޗެއާމަނަކަށް ޓްރަމްޕް
ކާބުލް އެއާޕޯޓަށް ދިން ހަމަލާ ރޭވި މީހާ ހައްޔަރުކޮށްފި