11 ޑިސެމްބަރ 2018
އަންހެނުންނަށް ކުރާ އަނިޔާ އަށް ގެންގުޅުއްވާނީ ޒީރޯ ޓޮލެރަންސް ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާ އަށް ގެންގުޅުއްވާނީ ޒީރޯ ޓޮލެރަންސް ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ކުރިއަށް ގެންދިޔަ ހޭލުންތެރިކަމުގެ ހަރަކާތް، "16 ޑޭސް އޮފް އެކްޓިވިޒަމް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މިއީ އެކި ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށްޓަކައި މުޅި ދުނިޔޭގައި 16 ދުވަހަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ނޮވެމްބަރު 25 އިން ފެށިގެންނެވެ.
އެފްޕީއޭ އިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެކި މައްސަލަތަކާ ގުޅޭ ގޮތުން އެކި ދާއިރާތަކުގެ ބޭފުޅުން ވާހަކަ ދައްކަވާފައި ވެ އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް ހުސައިން ޝަމީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެފްޕީއޭއަށް ދެއްވި އިންޓަވިއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ.
"...މި ކަމުގައި ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ޕޮލިސީ އެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
To wrap up 16 Days of Activism Against Gender-Based Violence, His Excellency President Ibrahim Mohamed Solih emphasizes on collective action from state, government, civil society and communities to eliminate violence against women in the country#16Days #OrangeMaldives #HearMeToo pic.twitter.com/MZJKaM1rYO
— Family Protection Authority (@fpa_maldives) 10 December 2018
ރާއްޖޭގައި ކޮންމެ ތިން އަންހެނުން ކުރެ އެކަކަކީ ކޮންމެ ވެސް ގޮތަކުން ޖިސްމާނީ، ޖިންސީ، ނުވަތަ ނަފްސާނީ އަނިޔާ ތަހައްމަލު ކުރަމުންދާ ބައެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ގިނަ ކަމަށެވެ.
"މި އަހަރު މިހާތަނަށް 590 ގެވެށި އަނިިޔާގެ މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، މީގެ ތެރެއިން ގިނައީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްސަލަ. މިއީ ކަންބޮޑުވާން ޖެހޭ މިންވަރެއް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް، އެ އަނިޔާ ލިބުނީ އެ މީހުން ކުރި ކަމަކުން ނުވަތަ ބުނި އެއްޗަކުން ކަމަށް މީހުން ދެކޭ ކަމަށާއި އަދި އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ގޮތަށް ވިސްނުމުގެ ސަބަބުން ކުށްކުރާ މީހުން އުފުލަން ޖެހޭ ޒިންމާ ކުޑަވެގެންދާ ދިއުން މި މުޖްތަމައުއިން ފެންނަ ކަމީ އަޅުގަނޑުމެން ކަނބޮޑުވާން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، ގެވެށި އަނިޔާ ތަހައްމަލު ކުރާ އަންހެނުންނަށް އިންސާފު ހޯދުމުގައި ވެސް ހުރަސްތަކެއް އެބަހުއްޓެވެ. އަދި އިންސާފު ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ލުއިފަސޭހަ ވާނޭ ގޮތަށް ގާނޫނީ އޮނިގަނޑު ރާވައި، އަނިޔާ އިން އަންހެނުން ރައްކާތެރި ކުރުމަށް ހެދިފައި ހުރި ގާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ތަންފީޒީ މަގާމުތަކުގައި ސީދާ އަންހެނުންގެ ދައުރު ބޮޑު ކުރުން މުހިއްމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިކަން ހުއްޓުވޭނީ ވަކިވަކި ފަރުދުންނާއި އާއިލާތަކުންނާ މުޅި މުޖްތަމައުން ޒިންމާ ނަގައިގެން. އަދި ސަރުކާރުގެ މުއާސަސާތަކުން މިކަމާ މެދު ހޭލުންތެރި ވެގެން،" ރައީސް ވިދާޅުވި އެވެ.
އަނިޔާތަކާ ދެކޮޅަށް 16 ގަޑިއިރުގެ ޓެލެތޯންއެއް!
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
ރައީސް އެދިވަޑައިގަތީ މަޖިލިސް ހިނގާނެ ގޮތެއް ހޯދުން
މަރުތަޅު ނައްޓަން ރައީސްގެ އަރިހުން އެދިވަޑައިގެންފި
ސިއްހީ މައްސަލަތައް ދިރާސާ ކުރުމަށް ގޮވާލާ ގަރާރެއް
ގާނޫނުން ހައްގު ކަށަވަރުވާ ކަމަށް ދެކޭ އަންހެނުން މަދު
އަނިޔާވެރި ބައިވެރިން ދޫކޮށްލާ މީހުންނަށް މާލީ އެހީ
ރާއްޖެއިން އަފްޣާނަށް ވެވޭނެ އެހީތައް ބަލަންޖެހޭ: އީވާ
ޖިންސީގޯނާއަށް އިންސާފު ހޯދުން ހަރުދަނާކޮށްފިން: ރައީސް