ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލައިގެން ނޫނީ ރައްޔިތުން އެދޭ ތަރައްގީ އާއި ކުރިއެރުން ހޯދައި ނުދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
09 ޑިސެމްބަރ 2018
ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލައިގެން ނޫނީ ރައްޔިތުން އެދޭ ތަރައްގީ އާއި ކުރިއެރުން ހޯދައި ނުދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި މިއަދު ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ޖަވާބުދާރީ ކުރެވޭނެ ގޮތެއްގެ މަތިން، ދެ ފުށް ފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަން ކުރުން ކަމަށެވެ.
އެގޮތުން، ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލުމަށް، ކަނޑައެޅިފައިވާ އުސޫލުތައް ލިޔެ، އާންމު ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރުގެ ވެރިންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހާތްތެރި ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިތާބުގައި ވަނީ ކޮރަޕްޝަން ނައްތާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް، ސަރުކާރުގެ ހުރިހާ އިދާރާތަކަށް އިލްތިމާސް ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އާ ސަރުކާރު ވެރިކަމަށް އަންނަން ރައްޔިތުންނަށް ވި އެންމެ ބޮޑު އެއް ވައުދަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލަން އިހްލާސްތެރިކަމާ އެކު މަސައްކަތްކޮށް، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމެވެ.
ދައުލަތަށް ގެއްލުނު ފައިސާ އާއި ހައްގުތައް އަނބުރާ އިއާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށާއި، މިއަދު އަޒުމް ކަނޑައަޅަންވީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ ހާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާ މެދު އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވާނެ ކަމެއް ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަށް، އެމަނިކުފާނު ވަނީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ކޮމިޝަނެއް އުފައްދަވައި ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވައިފަ އެވެ.
ފައިސާއަށް ހިޔާނާތްތެރިވާ މީހުން ފަޅާ އަރުވާލާ: ރައީސް
ރައީސްގެ މެސެޖް: ނާޖައިޒު ކަމެއް ހިނގާނަމަ، އަންގާ!
ދައުލަތުގެ ތެރޭގައި ހިޔާނާތް ހިންގައިގެން ނުވާނެ:ރައީސް
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
"ޔާމީން ގޭ ބަންދަށް ބަދަލުކުރަން ޖެހޭ ލިއުމެއް ނެތް"
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ
"ގެއްލުނު ފައިސާއާ މެދު މިއީ ވިސްނަން ޖެހޭ ހާލަތެއް"
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
ވައްކަމުގެ ތުހުމަތުތަކަށް ނަޝީދުގެ ދިފާއަކީ މަޖިލިސް
ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމި ގޮތާ އޭސީސީ ދެކޮޅު