07 ޑިސެމްބަރ 2018
ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) މިދިޔަ އަހަރު ފެނުނީ ޓްރެއިނަރެއްގެ ގޮތުގަ އެވެ. އެކަމަކު އެފްއޭއެމުން ބޭއްވި ކޯޗިން ކޯސްތަކުގައި ބައިވެރިވެ، މި އަހަރު ލައްޗޭ ނުކުތީ ރަނގަޅު ކޯޗިން ކެރިއަރެއް ބިނާކުރާށެވެ. މި އަހަރު ލައްޗޭ ވަނީ ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ލައްޗޭ ހުރީ ލިބުނު ތަޖުރިބާގެ އަލީގައި ދަސްވި ކަންތައްތަކުން ކުރިއަށް ފޮނި އުއްމީދުތަކެއް ކޮށްގެންނެވެ.
ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) މިދިޔަ އަހަރު ފެނުނީ ޓްރެއިނަރެއްގެ ގޮތުގަ އެވެ. އެކަމަކު އެފްއޭއެމުން ބޭއްވި ކޯޗިން ކޯސްތަކުގައި ބައިވެރިވެ، މި އަހަރު ލައްޗޭ ނުކުތީ ރަނގަޅު ކޯޗިން ކެރިއަރެއް ބިނާކުރާށެވެ. މި އަހަރު ލައްޗޭ ވަނީ ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ލައްޗޭ ހުރީ ލިބުނު ތަޖުރިބާގެ އަލީގައި ދަސްވި ކަންތައްތަކުން ކުރިއަށް ފޮނި އުއްމީދުތަކެއް ކޮށްގެންނެވެ.
ލައްޗޭ ވަނީ މިނިވަން ޗެމްޕިއަންޝިޕްގައި ށ. ފޯކައިދޫ އަށް އަތޮޅު މުބާރާތާއި ޒޯން މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެފަ އެވެ. އޭގެ ފަހުން ވެެލެންސިއާގައި ވެސް ލައްޗޭ ވަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ނިލަންދޫ ޓީމާ ހަވާލުވެ ލައްޗޭ ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ޓީމާ އެކު އޭނާ ކަނޑައެޅި ޓާގެޓަކީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން އެންމެ މަތިން ނިންމާ ޓީމަކަށް ނިލަންދޫ ހެދުމެވެ. ނިލަންދޫ އެ ޓާގެޓް ހާސިލްކޮށް ލީގު ނިންމާލީ ގަދަ ހައެއްގެ ތެރޭގަ އޮވެ އެވެ.
"ކޯޗިން ދާއިރާގައި ވަރަށް ގިނަ ޗާންސްތައް މި ދަނީ ލިބެމުން. އަހަރަކަށް ވުރެ އަހަރެއް ހަމަ ކާމިޔާބުކޮށް މި ފެންނަނީ ކޯޗިން ކެރިއަރު. ޓީމާ ހަވާލުވީ ވެސް ކާމިޔާބު ހޯދަން ވެގެން. ހަމައެކަނި ތަނަކުން ލާރި ދޭތީ ދަނީއެއް ނޫން. ރިޒަލްޓަށް މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު މަސައްކަތެއް ކުރެވުނީ،" ލީގުގެ އެންމެ ފަހު މެޗަށް ފަހު ލައްޗޭ ބުންޏެވެ.
ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ލައްޗޭ ބުނީ އޭނާ އެންމެ އިސްކަމެއް ދީގެން ދެން ކުރާ އެއް ކަމަކީ ޓީމުގެ ކުޅުންތެރިންގެ އިތުބާރު ބޮޑުކުރުން ކަމަށެވެ.
"މީގެ އެންމެ މުހިއްމު ކަމަކީ ލިބޭ ގްރޫޕް ގަނޑު ރަނގަޅު ކުރުން. ޓީމު ލިބުނީމަ ކުޅުންތެރިންނާ ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރިން. ސީރިއަސްކޮށް ކުޅެގެން ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތް ކުރީ. އަބަދުވެސް ކުޅުންތެރިންނަށް ކޮންފިޑެންސް ދީގެން ބޭނުންވާ ހިސާބަށް ހާސިލްވެވުނު،" މިދިޔަ އަހަރު ނިއު ރޭޑިއަންޓުގައި ވެސް ކޯޗިންގެ މަސައްކަތްތަކެއްކުރި ލައްޗޭ ބުންޏެވެ.
"ކުޅުންތެރިންނަށް މިހާރު އިހުސާސްވާނެ އެ މީހުންނަށް ފުރަތަމަ ޑިވިޝަނުގައި ކުޅެވޭނެކަން. އެ އިތުބާރު ހޯދަދެވުނީތީ ވަރަށް ހިތްހަމަ ޖެހޭ ހަގީގަތުގައި."
ލައްޗޭ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ޒަމާނުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެކެވެ. އޭނާ ބުނީ އޭރު ކުޅުންތެރިން ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ރަނގަޅު ސަޕޯޓެއް އޮތުމުން ކަމަށާއި މިހާރު އެބައި ނެތުމުން އޭގެ ގެއްލުން ކުޅުންތެރިންނަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"އަސްލު ކޮންމެ ކުޅިވަރެއް ކުޅޭއިރު ވެސް ސަޕޯޓަރުން ތިބެގެން މީގެ އެންމެ ބޭނުން ނަތީޖާ ނެރެވޭނީ. ހާއްސަކޮށް ފުޓްބޯޅައިގައި މީގެ މުހިއްމުކަން ބޮޑު. ދެން ރާއްޖޭގައި ފުޓްބޯޅައިގައި މި ވެގެން އުޅޭ ކަންތައްތަކާ ހެދި ރަނގަޅު ގޮތެއް ނުވެގެން މި އުޅެނީ. ހަގީގަތުގައި މިހާރު ވެސް އެބަތިބި މޮޅެތި ކުޅުންތެރިން ސަޕޯޓް ލިބިގެން މި ކުޅުންތެރިން ކުރިއަރާނީ. ކުޅުންތެރިން އެކަށީގެންވާ ވަރަށް ކުރި ނާރަނީ ސަޕޯޓެއް ވެސް ނެތީމަ ކަންނޭނގެ. އެއީ މި ވެގެން އުޅޭ ގޮތަކީ،" ލައްޗޭ ބުންޏެވެ.
މި އަހަރު އޭއެފްސީ ކޯޗިންގެ ބީ ލައިސަންސް ހާސިލްކުރި ލައްޗޭ ބުނީ އަންނަ އަހަރު ވެސް ފުރުސަތު ލިބިއްޖެނަމަ ރަނގަޅު ޓީމަކުން ފެންނާނެ ކަމަށެވެ.
ފޯކައިދޫ ބަލިކޮށް ނިލަންދޫ އަމާޒު ހާސިލްކޮށްފި
ވިކްޓްރީ އަތުން ނިލަންދޫ ފަސޭހައިން މޮޅުވެއްޖެ
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
މާޒިޔާ މޮޅުވެ، ޓީސީއާ ގާތަށް ޖެހިލައިފި
ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް
ބޮޑު މޮޅަކާ އެކު އީގަލްސް ފުރަތަމަ ބުރު ނިންމާލައިފި
ނިއު އަލުން ދެ ވަނަ މަގާމަށް އަރައިފި
ފެހެންދޫ އަތުން ނިލަންދޫ އަށް މުހިއްމު މޮޅެއް
ނިލަންދޫ އަތުން ފޯކައިދޫ މޮޅެއް ހޯދައިފި