Roadha Mihaaru
ރައީސް އޮފީހުގެ މިނިސްޓަރަކަށް ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރަކަށް ސަމީރު

06 ޑިސެމްބަރ 2018

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ދެން އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ދެން އައްޔަން ކުރައްވައިފި އެވެ.

އޭނާ އަށް އެ މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އޮފީހުގައި މިހާރު ވެސް ތިން މިނިސްޓަރަކު ތިއްބަވަ އެވެ. އެއީ އަލީ ޝިޔާމް (ތްރީއޭ) އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (މަސްއޮޑި) އެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އެ މަގާމުގައި ހުންނަވަނީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.