މާލެ އަށް މިއަދު މެދުކެނޑުމެއް ނެތި ވެހުނު ބޯ ވާރޭގައި މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، ފެން ހިއްކުމުގައި ވެސް ދަތިތަކެއް ކުރިމަތި ވެފައިވާއިރު، އެލިއާ ކޮންސްޓްރަކްޝަން ކުންފުނިން އެމްއެންޑީއެފަށް ޕަމްޕުތަކެއް ހަދިޔާކޮށްފި އެވެ.
05 ޑިސެމްބަރ 2018
މާލެ އަށް މިއަދު މެދުކެނޑުމެއް ނެތި ވެހުނު ބޯ ވާރޭގައި މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، ފެން ހިއްކުމުގައި ވެސް ދަތިތަކެއް ކުރިމަތި ވެފައިވާއިރު، އެލިއާ ކޮންސްޓްރަކްޝަން ކުންފުނިން އެމްއެންޑީއެފަށް ޕަމްޕުތަކެއް ހަދިޔާކޮށްފި އެވެ.
މީގެ ކުރިން ވެސް، އެމްއެންޑީއެފަށް މިފަދަ ބޮޑެތި އެހީތަކެއް ވެ ދީފައިވާ އެލިއާ އިން މިފަހަރު ހަދިޔާކުރީ ޑީސަލް ހަތަރު ޕަމްޕާއި އިލެކްޓްރިކަލް ފަސް ޕަމްޕެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތްތަކަށް ބައެއް ކުންފުނިތަކުން އެހީތެރިވަމުން އަންނަ ކަމަށެވެ. އަދި ބުނީ ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.
ސިފައިން އަންނަނީ މާލޭގެ 14 ސަރަހައްދެއްގައި ޕަމްޕްތައް ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެ އަށާއި ފިހާރަތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ 138 ގެ އަކަށް ފެން ވަދެފައިވާ ކަމަށާއި އެ ގެ ތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަތްދިހަ ފަސް ގެ އަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު، އޭގެ ތެރެއިން 34 ގެ އެއްގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ވެސް އެސެންޓަރުން ބުންޏެވެ. ބާކީ ގެތަކުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
މާލޭ މަގުތަކުން 10،000އެއްހާ ޓަނު ފެން ބޭރުކޮށްފި
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
މިއަދާއި މާދަމާ ވެސް މޫސުން ގޯސް
މާލެ އަށް އިއްޔެ 223 މިލިމީޓަރުގެ ވާރޭ ވެހުނު
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް