Roadha Mihaaru
ލަންކާ ސަރުކާރުން ޚަރަދުކުރުން ޕާލަމެންޓުން ހުއްޓުވައިފި

ލަންކާ ސަރުކާރުން ޚަރަދުކުރުން ޕާލަމެންޓުން ހުއްޓުވައިފި

30 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 30) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މިދިޔަ މަހު ގާއިމްކުރި ސަރުކާރުގެ މިނިސްޓްރީތަކުން ޚަރަދު ކުރުން ޕާލަމެންޓުން މިއަދު ހުއްޓުވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 30) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މިދިޔަ މަހު ގާއިމްކުރި ސަރުކާރުގެ މިނިސްޓްރީތަކުން ޚަރަދު ކުރުން ޕާލަމެންޓުން މިއަދު ހުއްޓުވައިފި އެވެ.

ޕާލަމެންޓުން އިއްޔެ ވަނީ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ އޮފީހަށް ޚަރަދު ކުރުން ވެސް ހުއްޓުވައިފަ އެވެ. ސަރުކާރުގެ މިނިސްޓްރީތަކުން ޚަރަދު ކުރުން ހުއްޓުވަން ޕާލަމެންޓުން މިއަދު ފާސްކުރީ 122 މެންބަރުންގެ ތާއީދާ އެކު އެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ދިނުމާއި އަސާސީ ޚިދުމަތްތަކަށް ހޭދަކުރުން ނުހިމެނެ އެވެ. ނަމަވެސް ލޯނު ދެއްކުން ފަދަ ކަންކަމަށް ފައިނޭންސް މިނިސްޓްރީން ފައިސާ ހޭދައެއް ނުކުރެވޭނެ އެވެ.

ބޮޑު ވަޒީރު ކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީން ބުނެފައި ވަނީ ސަރުކާރުގެ ބަޖެޓުގެ ކޮންޓްރޯލް ހޯދަން ޖެހުނީ ރާޖަޕަކްސާ ގާއިމްކޮށްފައި ވަނީ ގާނޫނާ ޚިލާފު ސަރުކާރަކަށްވާތީ ކަމަށެވެ. ޕާލަމެންޓުގެ މި ނިންމުމާ ގުޅިގެން ސިރިސޭނާ އާއި ރާޖަޕަކްސާގެ ސަރުކާރު އިތުރަށް ބަލިކަށިވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.