25 ނޮވެމްބަރ 2018
ކޮލަމްބޯ (ނޮވެމްބަރު 25) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ ދެން އަލުން ގެންނާނެ އެއްގޮތެއް ވެސް ނޯނާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ނޮވެމްބަރު 25) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ ދެން އަލުން ގެންނާނެ އެއްގޮތެއް ވެސް ނޯނާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގެ މެޖޯރިޓީ އޮތީ ރަނިލްގެ ޕާޓީއަށެވެ. ބޮޑު ވަޒީރު ކަމަށް ސިރިސޭނާ އައްޔަން ކުރެއްވި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ މަގާމު ޔަގީން ކުރެވޭ ގޮތެއް އަދިވެސް ނުވެ އެވެ.
ބޭރުގެ ނޫސްވެރިންނާ އެކު ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވީ ރަނިލް އަކީ އިންތިހާ އަށް ކޮރަޕްޓް މީހެއް ކަމަށެވެ.
"ޔޫއެންޕީ އަށް ޕާލަމެންޓް މެޖޯރިޓީ އޮތް ނަމަވެސް އަޅުގަނޑު ދަންނަވާފައި ވަނީ އަޅުގަނޑުގެ ކުރިމައްޗަށް ރަނިލް ނުގެނައުމަށް. ރަނިލް އަކަށް ބޮޑު ވަޒީރު ކަމެއް އަޅުގަނޑެއް ނުދޭނަން،" ސިރިސޭނާ ވިދާޅުވި އެވެ.
ލަންކާ ޕާލަމެންޓް އަންނަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ބައްދަލު ކުރާނެ އެވެ. އަންނަ އަހަރުގެ ބަޖެޓް ޕާލަމެންޓް ފާސް ނުކުރެވިއްޖެ ނަމަ ޖެނުއަރީ 1 އިން ފެށިގެން ސަރުކާރުގެ ޚަރަދުތައް ހުއްޓޭނެ އެވެ.
ސިރިސޭނާ ވިދާޅުވީ ޕާލަމެންޓުގެ ދެން އޮންނަ ބައްދަލުވުމުގައި ޔޫއެންޕީން މެޖޯރިޓީ ސާބިތުކޮށްދީފި ނަމަ ރާޖަޕަކްސާ ދެން ކަންތައް ކުރައްވަނީ ރަނގަޅަށް ކަމަށެވެ.
ސިރިސޭނާ ވިދާޅުވީ ރަނިލްއާ ޒާތީ ކަމެއް ނެތް ކަމަށާއި ޚިޔާލު ތަފާތުވެފައި ވަނީ ސިޔާސަތުގެ މައްސަލާގައި ކަމަށެވެ.
"ބޮޑު ވަޒީރު ކަމަށް އައްޔަން ކުރާ މީހަކީ ރައީސްއާ އެކު މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހޭނެ. ރަނިލްއާ އެކު އަޅުގަނޑަށް މަސައްކަތެއް ނުކުރެވޭނެ. ޔޫއެންޕީން ޖެހޭނީ އެހެން މީހަކު ގެންނަން،" ސިރިސޭނާ ވިދާޅުވި އެވެ.
ސިރިސޭނާ- ރަނިލް އަނެއްކާވެސް ބޮޑު ޚިޔާލުތަފާތުވުމަކަށް
ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު: ރަނިލް
މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު: ރަނިލް
ސިރިސޭނާ އަކީ ހިޓްލަރާ އެއްކަހަލަ މީހެއް: ރަނިލް
ލަންކާ ސަރުކާރުން ޚަރަދުކުރުން ޕާލަމެންޓުން ހުއްޓުވައިފި
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ސިރިސޭނާ ވަނީ ރައްޔިތުންގެ ހައްގުތައް ވަގަށް ނަގާފައި
ސިރިސޭނާއާ އެކު މަސައްކަތް ކުރަން ތައްޔާރު: ރަނިލް