Roadha Mihaaru
އިންޑިއާ އިން ރާއްޖެއަށް 1 ބިލިއަން ޑޮލަރު ދެނީ!

އަަސްކަރީ ގުޅުންތައް ވަރުގަދަކުރާ ނަމަ ރާއްޖެއަށް 1 ބިލިއަން ޑޮލަރުގެ ލޯނާއި އެހީ!

28 ނޮވެމްބަރ 2018

ދާއިމީ ގޮތެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް ހަމަޖައްސައި، ދެ ގައުމުގެ ސަލާމަތީ ގުޅުން ވަރުގަދަކޮށްފި ނަމަ، ރާއްޖޭގެ މަޝްރޫއުތަކަށް ލޯނާއި އެހީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދޭން އިންޑިއާ ތައްޔާރުކަމަށް، މީޑިއާ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދާއިމީ ގޮތެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް ހަމަޖައްސައި، ދެ ގައުމުގެ ސަލާމަތީ ގުޅުން ވަރުގަދަކޮށްފި ނަމަ، ރާއްޖޭގެ މަޝްރޫއުތަކަށް ލޯނާއި އެހީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދޭން އިންޑިއާ ތައްޔާރުކަމަށް، މީޑިއާ އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ ރަސްމީ ބައެއް ފަރާތްތަކާ ހަވާލާދީ، އޭޝިއާ ރިވިއު އިން، ބުނީ ދަރަނި ދައްކާށާއި ތަރައްގީގެ މަޝްރޫއުތަކަށް އެއް ބިލިއަން ޑޮލަރު ދިނުމާ ބެހޭ ހުރިހާ ކަމެއް، އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ މަހު 17 ގައި، އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިއާ އިން އެހާ ބޮޑު އަދަދެއްގެ ލޯނާއި އެހީ ދޭން ތައްޔާރުކަމަށް، މީޑިއާތަކުން ޚަބަރު މި ފެތުރީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހިމެނޭ ވަފުދަތަކުން އިންޑިއާގެ އިސް ފަރާތްތަކާ އެކު މަޝްވަރާކޮށްފައި ވަނިކޮށެވެ. އެ ވަފުދުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ރާއްޖޭގެ ބަޖެޓް ސަޕޯޓަށާއި ބައެއް މަޝްރޫއުތަކަށް އިންޑިއާ އިން މާލީ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުންނެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އިންޑިއާ އިން ވެސް ރާއްޖެއަށް މާލީ އެހީތެރިކަން ދޭނީ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ.

ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށް، 1.5 ބިލިއަން ޑޮލަރަށް ވުރެ ގިނަ ލޯނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ނަގައިފަ އެވެ. އިންޑިއާ އިން ބޭނުންވަނީ ރާއްޖެ އިން ޗައިނާއާ އެކު އޮންނަ ގުޅުން ކުޑަކޮށް، އިންޑިއާއާ ކައިރިވުމަށެވެ. އަދި އާ ސަރުކާރުގެ ސިޔާސަތު ވެސް ބައްޓަން ކުރަމުން އަންނަނީ އެގޮތަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ގިނަ މަޝްރޫއުތަކަކަށް ލޯނާއި ހިލޭ އެހީ ދޭން 1 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހުޅުވާލަން އިންޑިއާ އޮތީ ތައްޔާރަށެވެ. އެކަމަކު އެވަރުގެ ބޮޑު އަދަދެއްގެ މާލީ އެހީތެރިކަން ދޭން އިންޑިއާ އިން ހުށައަޅާ ޝަރުތުތަކެއް "މިހާރު"އަށް އަދި ނޭނގެ އެވެ.