28 ނޮވެމްބަރ 2018
އުފަންވާ އިރު، ދިރިހުންނާނެ ކަމަށް ލަފާކުރެވޭ މުއްދަތު ފަގީރުންނާއި މުއްސަނދިންގެ މެދުގައި ވަރަށް ތަފާތުކަން އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އުފަންވާ އިރު، ދިރިހުންނާނެ ކަމަށް ލަފާކުރެވޭ މުއްދަތު ފަގީރުންނާއި މުއްސަނދިންގެ މެދުގައި ވަރަށް ތަފާތުކަން އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ލެންސެޓް ޕަބްލިކް ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ އިން އެނގުނު ގޮތުގައި އިނގިރޭސިވިލާތުގެ އެންމެ ފޯރާ އަދި އެންމެ ފަގީރު އަންހެނުންނާއި އަންހެންކުދިންގެ ލަފާކުރެވޭ އުމުރުގެ ފަރަގު ވަނީ 2001 އިން 2016އާ ދެމެދު 6.1 އަހަރުން 7.9 އަހަރަށް އިތުރުވެފަ އެވެ. އަދި ފިރިހެނުންނާއި ފިރިހެންކުދިންނަށް ބަލާ އިރު އެ ފަރަގު އެ މުއްދަތުގައި ނުވަ އަހަރުން 9.7 އަށް ވަނީ ބޮޑުވެފަ އެވެ.
ދިރާސާގައި އިސްކޮށް ހުންނެވި، އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ޕްރޮފެސަރު މާޖިދު އިއްޒަތީ ސީއެންއެން އަށް ވިދާޅުވެފައިވާ ގޮތުގައި އެ ދިރާސާ އިން އެނގުނު އެއްޗަކީ ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި އަދި ހުރިހާ ބަލިތަކެއްގައި ވެސް ފަގީރުންނާއި މުއްސަނދިންގެ ފަރަގެއްވާ ކަމެވެ. ހުރިހާ ގޮތަކުން ބަލާ އިރު ވެސް، ފަގީރުން އުޅެނީ ދަތި ހާލެއްގައި ކަން އެނގޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިއްހީ ޚިދުމަތް ލިބުމާއި ބޭނުންކުރުމުގައި ފަގީރުންގެ ހާލަތު ގޯސްކަން ފާހަގަކުރައްވައި ޕްރޮފެސަރު ވިދާޅުވިގޮތުގައި ފަގީރުންނާއި މުއްސަނދިންގެ ލަފާކުރެވޭ އުމުރުގެ ފަރަގު ބޮޑުވެފައި ވަނީ ސިއްހީ ޚިދުމަތުގެ އުނިކަމާއި އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަން އެކުވެގެންނެވެ.
މީގެ ކުރިން އިއްޒަތީ އިސްވެ ހުންނަވައިގެން ހެދި ހަމަ މިފަދަ ދިރާސާއެއްގައި، އެމެރިކާގައި ވެސް މުއްސަނދިންނާއި ފަގީރުންގެ އުމުރުގެ ތަފާތު ބޮޑުވަމުންދިޔަކަން ފާހަގަކުރެވިފައިވެ އެވެ.
މުޅި ދުނިޔެ އަށް ބަލާ އިރު، ދިރިހުންނާނެ ކަމަށް ލަފާކުރެވޭ މުއްދަތު 2016 ވަނަ އަހަރު ހުރީ އެވްރެޖްކޮށް 72 އަހަރުގަ އެވެ. ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 2000 އާއި 2016އާ ދެމެދު އެ އެވްރެޖް ވަނީ 5.5 އަހަރު މައްޗަށް ގޮސްފަ އެވެ. އަދި އެއީ 1960ގެ އަހަރުތަކަށް ފަހު އެ އަދަދު އެންމެ ބާރަށް އިތުރުވި ފަހަރެވެ.--ސީއެންއެން
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ވާޗުއަލް ވުމުން، ދުވަސްވީ މީހުންނަށް ގެއްލުން ބޮޑު
ދުވަަސްވީ މީހުން ރާޒުވާ ކުޅުމުން ހަނދާން ގަދަވޭ
ހަނދާންނެތޭ ބައްޔާ ދެކޮޅަށް ދުވާލަކު 9000 ފިޔަވަޅު
ހަނދާން ގަދަކުރަން މަޝްރޫމް ރަނގަޅު
މުސްކުޅިވުން ލަސްކޮށްދޭ ބޭހެއް ހަދަނީ
އުމުރުން ދުވަސްވީ މީހުންނަށް ހެޒެލް ނަޓްސް
ހިތްހަމަޖެއްސުން، އުމުރުން ދުވަސްވާ މީހުންނަށް އެހީއެއް
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟