16 އޯގަސްޓް 2016
ކޮލަމްބޯ (އޮގަސްޓް 16) - މަނީ ލޯންޑަރިންގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސާ ހައްޔަރުކޮށްފި އެވެ.
ކޮލަމްބޯ (އޮގަސްޓް 16) - މަނީ ލޯންޑަރިންގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސާ ހައްޔަރުކޮށްފި އެވެ.
ލަންކާ ޕާލަމެންޓުގައި އިދިކޮޅު މެންބަރުން ތަމްސީލް ކުރައްވާ ނަމާލްގެ ބަންދަށް ކޮލަމްބޯގެ މެޖިސްޓްރޭޓް ކޯޓަކުން އިއްޔެ ވަނީ ހަފުތާއެއް ޖަހައިދީފަ އެވެ.
"ނަމާލްގެ ދެ ކުންފުންޏެއް މެދުވެރިވެގެން ހިންގާފައިވާ 45 މިލިއަން ރުޕީސް (310،000 ޑޮލަރު) ގެ މަނީ ލޯންޑްރިން މައްސަލައެއްގައި އޭނާ ހައްޔަރުކުރީ،" ކޯޓުގެ އޮފިޝަލަކު އޭއެފްޕީ އަށް ބުންޏެވެ.
މިއީ ނަމާލްއާ ދެކޮޅަށް ފެންމަތިވި މި ބާވަތުގެ ދެ ވަނަ މައްސަލަ އެވެ. މީގެ ކުރިން ވަނީ އިންޑިއާގެ ކުންފުންޏަކުން 500،000 ޑޮލަރުގެ ރިޝްވަތެއް ނެގި ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ރާޖަޕަކްސާގެ ހަގު ދަރިކަލުން ޔޮޝިތާގެ މައްޗަށް ވެސް ވަނީ ޕްރައިވެޓް ޓީވީ ޗެނަލެއް ކަމަށްވާ ޗާލްޓަން ސްޕޯޓްސް ނެޓްވޯކާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއް ތުހުމަތުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ރާޖަޕަކްސާގެ ކޮއްކޮ ބާސިލް ހައްޔަރުކޮށްފަ އެވެ. ބާސިލް އަކީ ރާޖަޕަކްސާގެ ވެރިކަމުގައި މިނިސްޓަރެކެވެ.
ރާޖަޕަކްސާގެ ވެރިކަންް ނިމުމަކަށް އައީ ޖެނުއަރީ 2015 ގައި ބޭއްވި އިންތިޚާބުގައި މިހާރުގެ ރައީސް މައިތުރިޕާލާ ސިރިސޭނާއާ ވާދަކުރައްވާ ނާކާމިޔާބުވެގެންނެވެ. އާ ރައީސް ސިރިސޭނާ ވަނީީ ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި އެ މަނިކުފާނުގެ އާއިލާގެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަތައް ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާޖަޕަކްސާގެ ދަރިކަލުން ނަމާލްގެ މައްޗަށް އިތުރު ދައުވާއެއް
ރާޖަޕަކްސާގެ ދަރިކަލުން ހައްޔަރުކުރުމުން ދައުވާކޮށްފި
ކަފާލާތުގެ ދަށުން ރާޖަޕަކްސާގެ ކޮއްކޮ ދޫކޮށްލައިފި
ރާޖަޕަކްސާ އުފެއްދެވި މިހިން ލަންކާ އުވާލަނީ
ރާޖަޕަކްސާގެ ކޮއްކޮގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަނީ
ޓައިގަރުން ފިލަން ވަނީ ކުރީގެ ސަރުކާރަށް ރިޝްވަތުދީފައި
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް