26 ނޮވެމްބަރ 2018
ދައުލަތުގެ ބަޖެޓްގެ ތާށިކަން ފިލުވުމަށްޓަކައި އިންޑިޔާ އިން 250 މިލިޔަން ޑޮލަރާއި 350 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށާއި އެކަން އިންޑިއާ ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓްގެ ތާށިކަން ފިލުވުމަށްޓަކައި އިންޑިޔާ އިން 250 މިލިޔަން ޑޮލަރާއި 350 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށާއި އެކަން އިންޑިއާ ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް އެ ވަރުގެ އެހީއެއް ބޭނުންވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
"ބަޖެޓްގެ ދަތިކަމުގެ މައްސަލަ ހައްލު ކުރަން އަޅުގަނޑުމެންނަށް މިހާރުން މިހާރަށް 250-350 މިލިޔަން ޑޮލަރު ބޭނުންވޭ. އަޅުގަނޑުމެންގެ ގައުމަށް ވަނީ ހަގީގީ ދަތިކަމަކާ ކުރިމަތިވެފައި. މާދަމާ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ ބައްދަލުވީމާ އަޅުގަނޑު މި މައުލޫމާތު ހިއްސާކުރާނަން. ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު ވަގުތުން ރައީސް ސޯލިހު ވަނީ މި މައުލޫމާތު ބޮޑުވަޒީރު މޯދީ އަށް ދެއްވާފައި،" އެސްއެންއައި އަށް އިއްޔެ ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިއަދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އާ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފުސީލު ދެ ގައުމުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ޝާހިދު ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ދީފައި އޮތް 50 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިން ވަގުތީ ގޮތުން ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކްރެޑިޓް ލައިން އަލުން ހުޅުވައިލާނެކަން ބޮޑުވަޒީރު މޯދީ ފުރަތަމަ ދުވަހު ވެސް ރައީސް ސޯލިހަށް އަންގަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އެކަމާއިގެން ކުރިއަށް. އެކަމަކު ސަރުކާރުން ދެމުން އަންނަ ހިދުމަތްތައް ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް މިހާރު މިހާރަށް ބަޖެޓްރީ ސަޕޯޓް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އިންޑިއާގެ ދީލަތި އެހީ ބޭނުންވާ ކަމަށެވެ. ވައުދުތައް ފުއްދުމަށްޓަކައި އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެ ގައުމުތަކަށް ވަރަށް އަވަހަށް ދަތުރުކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"މިތަނުން އަޅުގަނޑު ދާނީ ޔޫއޭއީއަށާއި ސައުދީ އަރަބިއްޔާ އަށް. ޗައިނާ އަށް ވެސް،" ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ އެހެން ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގައި އިންޑިއާ އިން އަދާކުރާ ދައުރު ޗައިނާ އަށް އަދާނުކުރެވޭނެ ކަމަށާއި ހަމަ އެ ގޮތަށް ޗައިނާ އަދާކުރާ ދައުރު އިންޑިއާ އަށް ވެސް އަދާނުކުރެވޭނެ ކަމަށެވެ.
"ޔާމީނު ގެންގުޅުއްވީ އެއްގައުމާ ދެކޮޅަށް އަނެއް ގައުމާ ގުޅުން ބަދަހިކުރާ އުސޫލު. އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިންޑިއާގެ ދައުރު ޗައިނާ އަށް އަދާކުރެވޭނެ ކަމަކަށް ނުވަތަ ޗައިނާގެ ދައުރު އިންޑިއާ އަށް އަދާކުރެވޭނެ ކަމަކަށް،" ޝާހިދު ވިދާޅުވި އެވެ.
އެ ނޫހުން ބުނީ ރާއްޖޭގެ އިގުތިސާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮތް އޮތުން އެ ގޮތުގައި ކުރިއަށް ދާނެ ކަމުގެ އިޝާރާތެއް ޝާހިދު ދެއްވި ކަމަށެވެ.
އަތޮޅު ފިހާރައިގެ ފައިސާ ކައުންސިލްތަކަށް ދޭން ފަށައިފި
ބަޖެޓު ސަޕޯޓަށް އިންޑިއާއިން 50 މިލިއަން ޑޮލަރު ދީފި
ކުންފުނިތަކުން ފައިދާނުވީ ކީއްވެތޯ ބަލަނީ
ސޮވްރިން ފަންޑް ރައްކާތެރިކުރަން ގާނޫނެއް ހަދަން ޖެހޭ
ބޮޑު ފައިދާ ކޮށްދޭނީ ބީއެެމްއެލް، ދިރާގު އަދި އެސްޓީއޯ
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
އަހަރު ނިމުނު އިރު ބަޖެޓުން 40 ބިލިއަން ހޭދަކުރި
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް