ވައިގެ މަގުން ކުރާ ދަތުރުތައް އިންތިހާ އަށް ގިނަވާ ދުވަސް ވަރަށް ބަލައި، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކުރާ ދަތުރުތަކަށް އެމިރޭޓްސް އެއާލައިނުން ހާއްސަ ފެއާއެއް ތައާރަފް ކޮށްފި އެވެ.
22 ނޮވެމްބަރ 2018
ވައިގެ މަގުން ކުރާ ދަތުރުތައް އިންތިހާ އަށް ގިނަވާ ދުވަސް ވަރަށް ބަލައި، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކުރާ ދަތުރުތަކަށް އެމިރޭޓްސް އެއާލައިނުން ހާއްސަ ފެއާއެއް ތައާރަފް ކޮށްފި އެވެ.
އެމިރޭޓްސުން ތައާރަފް ކުރި ފެއާ އަކީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓެއް ދޭ "ބްލެކް ފްރައިޑޭ"އާ އަމާޒުކޮށް ތައާރަފް ކުރި ފެއާއެކެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ގެޓްވިކް އެއާޕޯޓް، ހީތުރޯ އެއާޕޯޓް، ބާމިންހަމް އެއާޕޯޓާއި މެންޗެސްޓާ އެއާޕޯޓުން ރާއްޖެ އަށް ކުރާ ދަތުރުތަކަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފަ އެވެ.
ގެޓްވިކް - މާލެ 893 ޑޮލަރު (13،805 ރުފިޔާ)
ހީތުރޯ - މާލެ 932 ޑޮލަރު (14،408 ރުފިޔާ)
ބާމިންހަމް - މާލެ 906 ޑޮލަރު (14،006 ރުފިޔާ)
މެންޗެސްޓަ - މާލެ 932 ޑޮލަރު (14،424 ރުފިޔާ)
ރާއްޖެއަށް ކުރާ ދަތުރުތަކުގެ އިތުރުން، އެ އެއާޕޯޓްތަކުން ދުބާއީ، ބެންކޮކް، މޮރިޝަސް އަދި ހޮންކޮންގަށް ކުރާ ދަތުރުތަކުގެ އަގަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އެމިރޭޓްސް އިން ތައާރަފް ކުރި ހާއްސަ ފެއާ އަކީ މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ކުރާ ދަތުރުތަކަށް ދޭ ފެއާއެކެވެ. އެ ހުރިހާ ފެއާތަކުގެ އަގު އެމިރޭޓްސް ވެބްސައިޓުން މިހާރު ލައިވް ކޮށް ބަލާ ލެވޭނެ އެވެ.
އެމިރޭޓްސްގެ އިތުރުން ރަޔަން އެއާ، އީޒީ ޖެޓް އަދި ޓީޔޫއައި ފަދަ އެއާލައިންތަކުން ވެސް ވަނީ ބްލެކް ފްރައިޑޭ އަށް އަމާޒުކޮށް ހާއްސަ ފެއާތަކެއް ތައާރަފް ކޮށްފައެވެ.
ހުޅަނގުގެ ޑިޕްލޮމޭޓުން އަފްގާނުން ބޭރުކުރަނީ
29 ސިޓީ އަކަށް އެމިރޭޓްސްގެ ދަތުރުތައް ފަށަނީ
އެމިރޭޓްސްގެ ފަސިންޖަރުން ކޮވިޑް-19 އަށް ޓެސްޓުކުރަނީ
އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ހުއްޓާލަނީ
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
ޗެކިން ކުރުމާއި ބޯޑިން ފާސް ދޫކުރުން ވެސް ގޭގައި
ރާއްޖެ އަށް އެމިރޭޓްސް އިން ދަތުރުކުރާތާ 30 އަހަރު
މަތިންދާބޯޓަށް ލެޕްޓޮޕް އެރުވުން މަނާކޮށްފި
އެމިރޭޓްސްގެ ފުރަތަމަ ދިވެހި އިންޖިނޭރަކަށް ޝައްފާގު
އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު އެމިރޭޓްސް އަށް