Roadha Mihaaru
އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު އެމިރޭޓްސް އަށް

އެންމެ ރަނގަޅު އެއާލައިނުގެ އެވޯޑު މިފަހަރު އެމިރޭޓްސް އަށް

13 ޖުލައި 2016

އެއާލައިންތަކާ ބެހޭ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓް "ސްކައިޓްރެކްސް" އިން ދޭ ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިނުގެ އެވޯޑު އެމިރޭޓްސް އަށް ލިބިއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އެއާލައިންތަކާ ބެހޭ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓް "ސްކައިޓްރެކްސް" އިން ދޭ ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިނުގެ އެވޯޑު އެމިރޭޓްސް އަށް ލިބިއްޖެ އެވެ.

މިއީ އެމިރޭޓްސް އަށް މި އެވޯޑު ލިބުނު ހަތަރު ވަނަ ފަހަރެވެ. މި އެވޯޑު މިދިޔަ އަހަރު ލިބުނީ ގަތަރު އެއާވޭސް އަށެވެ.

އެމިރޭޓްސްއާ މި އެވޯޑު ހަވާލުކޮށްފައި ވަނީ މިއަހަރުގެ "ފާންބޮރޯ އެއާޝޯ"ގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

"އެމިރޭޓްސް އިން އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެނީ އެއާލައިނުން ދަތުރުކުރާ މަންޒިލްތަކުން ހުރިހާ ކަސްޓަމަރުންނަށް ވެސް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށް ދެވޭތޯ،" އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް ވިދާޅުވެފައިވެ އެވެ.

މި އެވޯޑަކީ ފަސިންޖަރުންގެ ވޯޓަށް ބިނާކޮށް ދީފައިވާ އެވޯޑަކަށް ވާތީ އެމިރޭޓްސްގެ ހިދުމަތް ބަލައިގަނެ، ހިދުމަތާ މެދު ހިތްހަމަ ޖެހޭ ކަން މި އެވޯޑުން ކަށަވަރުވެއްޖެ ކަމަށް ކްލާކް ވިދާޅުވެފައިވެ އެވެ.

އެމިރޭޓްސް އަށް ވަނީ އެންމެ މޮލު އިންފްލައިޓް އެންޓަޓެއިންމަންޓް (އައިއެފްއީ) އެވޯޑު ވެސް ލިބިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ 250 އަށް ވުރެ ގިނަ ބޮޑެތި މަތިންދާބޯޓުތައް އެމިރޭޓްސް އިން ބޭނުން ކުރެ އެވެ. އޭގެ ތެރޭގައި ބޮއިންގް 777 އާއި އެއާބަސް އޭ380 ސުޕާ ޖަމްބޯ ވެސް ހިމެނެ އެވެ.

ސްކައިޓްރެކްސް އެވޯޑު ދެނީ 100 އަށް ވުރެ ގައުމުތަކުން، 20 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ހިމަނައިގެން ކުރާ ސާވޭއަކުންނެވެ.