ލަންޑަން (ނޮވެމްބަރު 22) – ޗެލްސީ ލެޖެންޑް ޑިޑިއާ ޑްރޮގްބާ 20 އަހަރަށް ފަހު ފުޓްބޯޅަ ހުއްޓާލައިފި އެވެ.
22 ނޮވެމްބަރ 2018
ލަންޑަން (ނޮވެމްބަރު 22) – ޗެލްސީ ލެޖެންޑް ޑިޑިއާ ޑްރޮގްބާ 20 އަހަރަށް ފަހު ފުޓްބޯޅަ ހުއްޓާލައިފި އެވެ.
އުމުރުން 40 އަހަރުގެ ޑްރޮގްބާ މިހާރު ކުޅެމުން އަންނަނީ އޭނާގެ ހިއްސާ އޮންނަ އެމެރިކާގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ ފީނިކްސް ރައިސިން އަށެވެ.
"އަހަރެންގެ ފުޓްބޯޅަ ކުޅުމުމުގެ ކެރިއަރަށް 20 އަހަރަށް ފަހު ނިމުމެއް ގެންނަން ނިންމައިފިން،" ޑްރޮގްބާ ބުންޏެވެ. "އަހަރެން ބޭނުން އަހަންނާ ބައްދަލުވެ އަހަރެންގެ މި ދަތުރު ހާއްސަކުރަން މަގުފަހިކޮށްދިން ހުރިހާ ކުޅުންތެރިންނާއި ކޯޗުންނާއި ޓީމުތަކަށް އަދި ސަޕޯޓަރުންނަށް ޝުކުރުއަދާކުރަން."
ޑްރޮގްބާ ބުނީ ތިމާގެ ހުވަފެންތަކަކީ ހާސިލް ނުވާނެ ކަމެކޭ މީހަކު ބުނެފި ނަމަ ޝުކުރުއަދާކޮށްފައި ފަށަންވީ ބުރަކޮށް އަދި ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށް ހުވަފެންތައް ހަގީގަތަކަށް ހަދަން ކަމަށެވެ.
ފްރާންސްގެ ލެ މަންސް އިން 1998 ވަނަ އަހަރު ފުޓްބޯޅަ ކުޅެން ފެށި ޑްރޮގްބާ މަތީ ޑިވިޝަނެއްގައި އެންމެ ފުރަތަމަ ކުޅުނީ އުމުރުން 23 އަހަރުގައި ފްރާންސްގެ ގުއިންގޭމްޕް އިން ފުރުސަތު ލިބުމުންނެވެ. އޭގެ ފަހުން އޮލިމްޕިކް މާސޭ އަށް ކުޅުމަށް ފަހު ޗެލްސީ އަށް ބަދަލުވީ 2004 ގަ އެވެ. ޗެލްސީގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޑްރޮގްބާ ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ.
ޗެލްސީ ދޫކޮށް 2012 ވަނަ އަހަރު ޗައިނާގެ ޝަންހާއީ ޝެންހުއާ އާއި ތުރުކީގެ ގަލަތަސަރާއީ އަށް ކުޅުމަށް ފަހު އޭނާ ފަހުން ވެސް އެއް ސީޒަން ޗެލްސީ އަށް ކުޅުނެވެ. ޑްރޮގްބާ ވަނީ ޗެލްސީ އަށް ޖުމްލަ 381 އަށް މެޗު ކުޅެދީ 164 ގޯލް ޖަހައިދީފަ އެވެ.
އައިވަރީ ކޯސްޓް އެފްއޭ އިންތިހާބު ފީފާއިން ހުއްޓުވައިފި
އިންތިހާބީ ކޮމިޓީން ޑްރޮގްބާގެ ފޯމު ބަލައިނުގަތް
ޑްރޮގްބާއަށް ތާއީދުނުކުރާތީ ފިފްޕްރޯއިން ފިޔަވަޅުއަޅައިފި
އައިވަރީ ކޯސްޓް ފުޓްބޯޅައިގެ ރައީސަކަށް ޑްރޮގްބާ ގެންނަން ޔާޔާ ޓޫރޭގެ ތާއީދު
ޑްރޮގްބާގެ ހޮސްޕިޓަލް ސަރުކާރުގެ ބޭނުމަށް ދީފި
އެފްރިކާ ރައްޔިތުންގެ ދިފާއުގައި ޑްރޮގްބާ ތެދުވެއްޖެ
ޑްރޮގްބާގެ ދަރިފުޅު ފްރާންސް ލީގުގެ ޓީމަކަށް
މޮރާޓާ އާއި ޑްރޮގްބާ އަޅާނުކިޔޭނެ: ކޮންޓޭ
ޑްރޮގްބާ އަލުން ކުޅެން ފަށަން ބޭނުންވެފައި
ކުޅެން ދެކޮޅު ހެދުމުން ޑްރޮގްބާ އަށް އަދަބުދީފި