Roadha Mihaaru
ހުސައިން މުހައްމަދު ލަތީފް ޖޭޕީއާ ގުޅިވަޑައިގެންފި

ހުސައިން މުހައްމަދު ލަތީފް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި

21 ނޮވެމްބަރ 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ.

ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ވަނީ ޖޭޕީއާ ދެންމެ ގުޅިވަޑައިގެންފަ އެވެ. ޖޭޕީގެ ޓިކެޓުގައި 2014 ގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު، ވަކި ހިސާބަކުން ޕީޕީއެމަށް ސޮއިުރެއްވި އިލްހާމް މިއަދު ޖޭޕީއާ އަލުން ގުޅިވަޑައިގަތުމުން އޭނާ އަށް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަން ދެއްވައިފަ އެވެ. މިއީ ގާސިމްގެ ހަތަރުވަނަ އެޑްވައިޒަރެވެ.

އެ ދެ މެމްބަރުން ޖޭޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތެއްގަ އެވެ. ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމެވެ.

ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ވެސް ދާދި ފަހުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވެފައި ވަނީ އެއީ ހުރިހާ އެންމެންނަށް ވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ރޭ ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.