ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލި މައްސަލާގައި 11 މީހުން ހައްޔަރުކޮށް އޭގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
20 ނޮވެމްބަރ 2018
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލި މައްސަލާގައި 11 މީހުން ހައްޔަރުކޮށް އޭގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީި އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރި ހަތް ފިރިހެނުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ދެ މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އެ މައްސަލާގެ ތުހުމަތަށް އިތުރު ހަތަރު މީހަކު މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝް ފިރިހެނަކާއި ދިވެހި ތިން ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމާނީ މާދަމާ އެވެ.
ހައްޔަރު ކުރި މީހުންގެ ވަނަ ވަރެއް ފުލުހުން އާއްމެއް ނުކުރެ އެވެ.
އެ މައްސަލައިގައި އެއް އާއިލާއިން ހަތަރު މީހަކު އަދި އެހެން އާއިލާއަކުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެ އެވެ. އަދި ސްރީ ލަންކާގެ ރައްޔިތަކު ވެސް އެ މައްސަލައިގައި ހައްޔަރު ކޮށްފައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ސްރީ ލަންކާގެ ރައްޔިތަކީ ވޯކްޝޮޕެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ވައްކަމުގެ މައްސަލައިގައި އެ ވޯކްޝޮޕުގެ ވެރިޔާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ބެންކްގެ ފުރާޅު ހަލާކުކޮށްލައިގެން ކޮށްފައިވާ އެ ވައްކަމުގައި ނަގާފައިވާ 14 މިލިއަން ރުފިޔާ ފުލުހުން ވަނީ ހޯދާފަ އެވެ. އަދި އެކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ގޭސް ކަޓަރެއް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.
ބޭންކު ފަޅައިލި އިރު ސެކިއުރިޓީ ބަލަހައްޓާ މީހަކު ނެތް
ބޭންކު ފަޅާލައި ނެގި 14 މިލިއަން ރުފިޔާ ހޯދައިފި
ފިހާރައެއްގެ ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފި
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް
ކާރާއި ޕިކަޕުން ވައްކަންކުރަމުން ދަނިކޮށް ހައްޔަރުކޮށްފި
67،500ރ. ގެ ގަޑި ވިއްކާލީ 10،000ރ. އަށް
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ސާދަ ރުފިޔާގެ ޗޮކްލެޓެއް ވަގަށް ނެގުމުން ބަންދަށް
ކަރަންޓު ކޭބަލްތައް ބުރިކޮށްލި މީހާ ހައްޔަރުކޮށްފި
ކަރޯކޭ ސިސްޓަމް ހިފައިގެން މި ދަނީ ކާކު؟