Roadha Mihaaru
ޓޫރިސްޓުން ތިބި ސަފާރީއެއް ނެރަކަށް އަރައިފި

ޓޫރިސްޓުން ތިބި ސަފާރީއެއް ނެރަކަށް އަރައިފި

20 ނޮވެމްބަރ 2018

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ބ. ދަރަވަންދޫ ނެރަށް އިއްޔެ ރޭ ދަންވަރު އަރައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ބ. ދަރަވަންދޫ ނެރަށް އިއްޔެ ރޭ ދަންވަރު އަރައިފި އެވެ.

"ބްލޫ ލެގޫން" ސަފާރީ ނެރަށް އެރުމުން، ކޯސްޓް ގާޑުން އެ ހިސާބުގަނޑުގައި ހަރަކާތްތެރި ވާން ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދަތުރުކުރި 13 ޓޫރސްޓުންނާއި 14 ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

"ފަތުރުވެރިންނާއި ފަޅުވެރިން އަޅުގަނޑުމެން ދަރަވަންދޫ އަށް ގެންދިޔައީ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ދަރަވަންދޫ ކައުންސިލް މެމްބަރު އަަލީ މާޖިދު ވިދާޅުވީ އެ ސަފާރީގައި ތިބި ޓޫރިސްޓުން އެ ރަށުގެ ގެސްޓްހައުސްތަކުގައި މަޑުކުރަމުން އަންނަ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި އެ ސަފާރީ އެ ތަނުން ފުންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.