Roadha Mihaaru
ރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެއްލިއްޖެ

ރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެއްލިއްޖެ

11 އޮކްޓޯބަރ 2022

ރާޅާ އަޅަން ގޮސް އުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާޅާ އަޅަން ގޮސް އުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަނީ މިއަދު މެންދުރު މ. މުލީ ރާޅުގަނޑު ސަރަހައްދަށް ރާޅާ އަޅަން ދިޔަ ޓޫރިސްޓަކު ކަމަށެވެ.

އޭނާއާ އެކު އިތުރު ހަ މީހަކު ވެސް ރާޅާ އަޅަން ދިޔަ އެވެ. ގެއްލިގެން ހޯދާ މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ސިފައިން ހާމައެއް ނުކުރެ އެވެ.

މިދިޔަ ހަފުތާގައި ވެސް ލޯންޗަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ވަނީ ގެއްލިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.