Roadha Mihaaru
ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިއްޖެ

މޫފުށި ރިސޯޓުން ސްނޯކްލިންއަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިއްޖެ

13 އޯގަސްޓް 2019

އއ. އަތޮޅުގައި އޮންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުން މިއަދު ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އއ. އަތޮޅުގައި އޮންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުން މިއަދު ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓުންގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 11:19 ގައި ކަމަށެވެ. ގެއްލުނު ދެ މީހުންނަކީ ދެމަފިރިންނެވެ. އެ ދެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ގެއްލުނު ޓޫރިސްޓުން ހޯދަން ކޯސްޓްގާޑްގެ ވެލާނާ ލޯންޗްގައި ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކޯސްޓްގާޑްގެ ޑައިވަރުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.