Roadha Mihaaru
5ޖީ ރޭސް ފެށިއްޖެ، އިންޓެލްގެ މޯޑެމް ދައްކާލައިފި

5ޖީ ރޭސް ފެށިއްޖެ، އިންޓެލްގެ މޯޑެމް ދައްކާލައިފި

17 ނޮވެމްބަރ 2018

މި އޮތީ 5ޖީ ރޭސް ފެށިފަ އެވެ. ސްމާޓްފޯނުތަކަށް 5ޖީ ގެނައުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ނިމުމަކާ ހަމަ އަށް އައީ އެވެ. ނަމަވެސް، އިންޓެލް 5ޖީ މޯޑެމްތައް މާކެޓަށް ނެރޭނެ ތާރީޚެއް އަދި ނޭނގެ އެވެ. ބެލެވެނީ 2019ގެ މެދާ ހިސާބުގައި ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މި އޮތީ 5ޖީ ރޭސް ފެށިފަ އެވެ. ސްމާޓްފޯނުތަކަށް 5ޖީ ގެނައުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ނިމުމަކާ ހަމަ އަށް އައީ އެވެ. ނަމަވެސް، އިންޓެލް 5ޖީ މޯޑެމްތައް މާކެޓަށް ނެރޭނެ ތާރީޚެއް އަދި ނޭނގެ އެވެ. ބެލެވެނީ 2019ގެ މެދާ ހިސާބުގައި ކަމަށެވެ.

ސްމާޓްފޯނުތައް 5ޖީ ސަޕޯޓްކުރާ ފެންވަރަށް ގެނައުމަށްޓަކައި، ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް، 5ޖީ މޯޑެމްތައް ޓެސްޓްކޮށް ފޯނުތަކާ ހިސާބަށް ދިއުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން، 2020ގެ ކުރިން 5ޖީ ސްމާޓްފޯނެއްގެ އުފާ ހާސިލްވާކުރެވޭ ވަރު ވާނެ ކަމަކަށް ނުބެލެވެ އެވެ.

ދުނިޔޭގެ މުވާސަލާތީ ކުންފުނިތަކަށް 5ޖީ ނެޓްވޯކަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނައިރު، 5ޖީ މޯޑެމްތައް އުފެއްދުން ވެސް ވަނީ ބޮޑު ވާދައަކަށް ވެފަ އެވެ. އެޕަލް ފިޔަވައި އެހެން ކުންފުނިތަކުން ކުއަލްކޮމްގެ މޯޑެމްތައް ބޭނުންކުރާނެ ކަމަށް ބެލެވޭއިރު، އެޕަލް އިން އަންނަނީ އަމިއްލަ މޯޑެމްއެއް އުފެއްދޭތޯ ބަލަމުންނެވެ. ސަބަބަކީ، އެޕަލް އަށް ރުހެވޭ ފެންވަރަށް އިންޓެލް މޯޑެމްތައް އަދި ވެސް ނުއުފެއްދޭތީ ކަމަށް ވެ އެވެ. އިންޓެލްގެ މޯޑެމްތައް މާ ބޮޑަށް ހޫނުވުން ވަނީ އެޕަލް އަށް ބޮޑު މައްސަލައަކަށް ވެފަ އެވެ.

ވާވޭ، ޝޯމީ އަދި ވަންޕްލަސް ފަދަ ޗައިނާ ކުންފުނިތަކުން 5ޖީ ނެޓްވޯކަށް ތައްޔާރުވުމުގައި ބޭނުންކުރާނެ މޯޑެމްއެއް އަދި ނޭނގެ އެވެ. ވާވޭއާ މެދު ބެލެވެނީ އަމިއްލަ މޯޑެމްއެއް ބޭނުންކުރާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފުސީލުތައް އަދި ހާމައެއް ނުކުރެވެ އެވެ.

ދުނިޔޭގެ މާކެޓަށް 5ޖީ މޯޑެމްތައް ނެރޭ ކުންފުނިތައް ތަރުތީބުވެގެން އަންނައިރު، އަގުލަބިއްޔަތު ލިބޭނީ އިންޓެލް ނުވަތަ ކުއަލްކޮމް އަށް ކަމެއް އަދި ނޭނގެ އެވެ. މި ބާރު އޮތީ ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކަށެވެ.