08 މެއި 2019
ސްމާޓްފޯން މާކެޓްގައި ވާދަވެރިކަަށް ބޮޑުވެ މިހާރު ވަނީ ހުޅުފަޅައިގެންދާން ކައިރިވެފަ އެވެ. އެލްޖީ އަށް ސްމާޓްފޯން ވިޔަފާރި ވެފައި ވަނީ ފައިދާއެއް ނެތް ބުރަ މަސައްކަތަކަށެވެ. ސެމްސަންގަށް ކުރަން ޖެހިފައި އޮތް ބުރަ މަސައްކަތަކީ، އެއްވަނަ ދަރަޖަ ދަމަހައްޓައި ދިފާއުކުރުމެވެ.
ސްމާޓްފޯން މާކެޓްގައި ވާދަވެރިކަަށް ބޮޑުވެ މިހާރު ވަނީ ހުޅުފަޅައިގެންދާން ކައިރިވެފަ އެވެ. އެލްޖީ އަށް ސްމާޓްފޯން ވިޔަފާރި ވެފައި ވަނީ ފައިދާއެއް ނެތް ބުރަ މަސައްކަތަކަށެވެ. ސެމްސަންގަށް ކުރަން ޖެހިފައި އޮތް ބުރަ މަސައްކަތަކީ، އެއްވަނަ ދަރަޖަ ދަމަހައްޓައި ދިފާއުކުރުމެވެ.
ސައުތު ކޮރެއާގައި ދިރިއުޅުމުގެ ފެންވަރު މަތިވެ، ތަކެތީގެ އަގުބޮޑުވުން ވެފައި ވަނީ ސެމްސަން އަދި އެލްޖީ އަށް ހިފަހައްޓާލަން އުނދަގޫ ކަމަކަށެވެ. އެހެންވެ، އަމިއްލަ ގައުމުން ބޭރުވެ، އޭޝިއާގެ އެހެން ގައުމުތަކުގައި އިންވެސްޓްކުރުމަށް މި ދެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ސެމްސަންގް އިންވެސްޓްމަންޓްތައް އިތުރުކުރަން ކަނޑައަޅާ ގައުމުތަކުގެ ތެރޭގައި، ވިއެޓްނާމް، އިންޑިއާ އަދި ބްރެޒިލް ހިމެނެ އެވެ. ސެމްސަންގް ފެކްޓާރީތައް ބްރެޒިލްގައި ވެސް ހުރެ އެވެ. ސްމާޓްފޯނަށް ބޭނުންވާ "ސެމީކޮންޑަކްޓާ" ބައިތައް ވެސް، އުފެއްދުމުގައި ވެސް، ސައުތު ކޮރެއާ އަށް ބަރޯސާވާންޖެހޭ މިންވަރު ދަށްކުރާނެ ކަމަށް އެލްޖީ އަދި ސެމްސަންގުން ބުނެ އެވެ.
ސްމާޓްފޯން މާކެޓަކީ ބާރުގަދަ ކުންފުނިތަކުން ބިރުގަންނަ ވަރުގެ ތަނަކަށް ހަދާފައި ވަނީ ޗައިނާ އެވެ. ޗައިނާ އަކީ އިލެކްޓްރޯނިކް އާލާތްތައް އިންތިހާ ހެޔޮ އަގުގައި އުފައްދާ ގައުމެކެވެ. ތަކެއްޗާއި މަސައްކަތު އަގުތައް އުޅެނީ ވެސް އެހެން ގައުމުތަކަށް ވާދަނުކުރެވޭހާ ހެޔޮކޮށެވެ.
ސެމްސަންގް އަދި އެލްޖީ އަށް އޮތް އަނެއް ބިރަކީ، ޗައިނާ ސްމާޓްފޯން ކުންފުނިތަކުން، ފޯނުގެ އަގުތަކާ ކުޅެލާ ގޮތަށް، އެ މީހުންނަށް އަގުތަކާ ކުޅެނުލެވުމެވެ. ވާވޭ، ވަންޕްލަސް، އޮޕޯ އަދި ޝޯމީ ފަދަ ޗައިނާ ކުންފުނިތަކުން ފޯނު ވިއްކާ އަގުތަކުގައި އެހެން އެއްވެސް ބަަޔަކަށް އެކަމެއް ނުވެ އެވެ.
އައިފޯނު ވިޔަފާރި އިންޑިއާގައި ދަށަށް؛ ޗައިނާއާ ހެދި؟
ކުންފުނިތަކުން އެދެނީ އިންޑިއާ ސްމާޓްފޯން ނާރެހަކަށްވާން
ޗައިނާގައި ހުރި ސެމްސަންގް ފެކްޓަރީތައް ބަންދުކުރަނީ
ވާވޭ ވެއްޓިއްޖެ ނަމަ ފައިދާވާނެ ބަޔަކީ ކޮބާ؟
"ފޯލްޑަބްލް ފޯން" އަކީ ފަތްޖެހިފޯނު
އާ ކަމެއް ނެތުމުން، ސްމާޓްފޯނު ވިޔަފާރި ދަށްވަނީ
ވަންޕްލަސް އިންޑިއާގައި ބާރުގަދަކުރަނީ
އެންޑްރޮއިޑް ސްމާޓްފޯނުތަކުގެ މެމޮރީ 10ޖީބީ އަށް
އެންމެ މޮޅު ޗައިނާ ފޯނަކީ ކޮބާ؟
ވާވޭ އަކީ އެޕަލް އާއި ސެމްސަންގަށް ބިރެއް