16 ނޮވެމްބަރ 2018
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނަގައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނަގައިފި އެވެ.
ކޮރަޕްޝަނާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުއްވި މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބުގެ ބަޔާނެއް އެޗްއާސީއެމުން ނަގާފައި ވަނީ އޭނާ އަށް ބޭސްފަރުވާ ކުރުމުގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގަ އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހުށަހަޅުއްވާފައިވާ އެ މައްސަލައާ ގުޅިގެން, މިހާރު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތް އަދީބުގެ އަރިހަށް އެޗްއާރްސީއެމްގެ މުވައްޒަފުން ޒިޔާރަތްކުރައވައި ބަޔާން ނަގާފައި ވަނީ ބުރާސްފަތި ދުވަހެވެ.
"ބަޔާނުގައި އަދީބު ވަނީ ދޫނިދޫ ޖަލުގައި ހުއްޓައި [ކިޑްނީ ކަންތަކުގައި] ބަނޑުގައި ރިއްސުމުން ފުލުހުން އަމަލު ކުރި ގޮތުގެ ވާހަކަ އާއި މާލެ ގެނެސް ކަންތައް ކޮށްފައިވާ ގޮތާއި އެޑްމިޓްކޮށްފައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސް އިން އަމަލު ކުރަމުންދާ ގޮތުގެ ވާހަކަތައް ކިޔައިދީފަ،" ނަޝްވާ ވިދާޅުވި އެވެ.
އަދީބުގެ ބަޔާން ނެގުމަށް ހޮސްޕިޓަލަށް ދިޔަ އެޗްއާރްސީއެމްގެ މުވައްޒަފުން: ޖަލުގައި މިހާތަނަށް ހޭދަ ކުރެއްވި ތިން އަހަރު އެކަށީގެންވާ ބޭސް ފަރުވާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް އަދީބުގެ އާއިލާއިން ބުނޭ -- ފޮޓޯ / އަދީބު އާއިލާ
އަދީބަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ފަރުވާ ދެމުން އަންނާތީ އެވެ. ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އޭނާގެ ހަށިގަނޑުގައި ސިސްޓުތަކެއް ވަނީ އުފެދިފަ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ވެސް އަދީބު ބޭސް ކުރެ އެވެ.
ކިޑްނީގައި އުފެދޭ ހިލަ، ބޭސް ބޭނުންކޮށްގެން ނައްތާލުމަކީ ވޭންހުރި މަރުހަލާއެކެވެ. ނަމަވެސް އަދީބު ޖަލުގައި ހުންނަވަނިކޮށް ބަނޑުގައި ރިއްސާ ވާހަކަ ވިދާޅުވުމުން ޖަލު ގާޑުން އެކަމާ އަޅާނުލާ ދެ ގަޑިއިރު ތިބި ކަމަށް އާއިލާއިން ބުނެ އެވެ.
ޑޮކްޓަރުންނާ ހަވާލާދީ އަދީބުގެ އާއިލާއިން ބުނެފައި ވަނީ ބޭސް ބޭނުންކޮށްގެން ހިލަކޮޅު ނައްތާ ނުލެވިއްޖެ ނަމަ ލޭޒާ ބޭނުންކޮށްގެން އެކަން ކުރަންޖެހިދާނެ ކަމަށެވެ. ކިޑްނީގައި އުފެދުނު ހިލަކޮޅުބޭހުގެ ސަބަބުން މިހާރު އިނީ ޔުރެތްރާ ނުވަތަ ހީސް ހޮޅި ކައިރީގަ އެވެ. އަދީބުގެ ހާލު އަދިވެސް ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެ އެވެ.
"އަދީބުގެ ކިޑްނީ އާއި ބްލެޑާ [ޔުރެތުރާ] އާ ދެމެދަށް ވެއްޓިފައިވާ ހިލަކޮޅު އަދިވެސް ޑޮކްޓަރުންނަށް ފަރުވާދީގެން ފްލަޝް ކުރެވިފައެއް ނުވޭ. މިކަމުގެ ސަބަބުން އަދީބުގެ ވާތް ފަރާތުގެ ކިޑްނީ ވަނީ ދުޅަވެފައި،" ނަޝްވާ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަދީބު ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަތާ ތިން އަހަރުވެފައިވާއިރު އޭނާއަށް އެކަށީގެންވާ ބޭސް ފަރުވާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށް އާއިލާއިން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
ހަށިގަނޑުގައި އުފެދިފައިވާ ސިސްޓުތަކުގެ ސަބަބުން ކެންސަރަށް ސްކްރީން ކުރުމަށާއި ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ އަދީބަށް ލަފާ ދީފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.
އަދީބު އޮތީ އޮބްޒަވޭޝަންގައި، ހާލު ރަނގަޅު
އަދީބު ހާލަތަށް ބަދަލެއް ނާދޭ، ހާލު ސީރިއަސް: އާއިލާ
މާލޭ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ
ޔަމަން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން
ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ
އަދީބު ގެންނާނެ ކަމަށް ވީ ވައުދު ފުއްދިއްޖެ: އިމްރާން
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި
ބޭސްފަރުވާ އަށް އަދީބު ބެންގަލޫރަށް ފުރާވަޑައިގެންފި
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ