18 އޯގަސްޓް 2019
މާފުށީ ޖަލުގައި ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހާލު ރަނގަޅު ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގައި ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހާލު ރަނގަޅު ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
އަދީބު މިވަގުތު އޮންނެވީ އޮބްޒަވޭޝަންގަ އެވެ. ހޮސްޕިޓަލުން ދޫކޮށްލާނެ އިރެއް އަދި ނޭނގެ އެވެ.
ކުރިން އަޑު ފެތުރިފައި އޮތީ، އޭނާ ގޮޅި ތެރެއަށް ވެއްޓުނީ ކަމަށެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އަދީބު އައިޖީއެމްއެޗަށް ގެންދިޔައީ ޖަލު ގޮޅީގެ ފާޚާނާ ތެރޭގައި ޖެހި ނިތްކުރި ދުޅަވުމުންނެވެ.
އާއިލާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނިގޮތުގައި އަދީބުގެ ހާލު ސީރިއަސް އެވެ.
އަދީބު ވަނީ ލޮލުގެ ބައްޔަކަށް ދާދި ފަހުން އިންޑިއާގައި ތިން ހަފުތާ ވަންދެން ފަރުވާ ހޯއްދަވައިފަ އެވެ. ހަ މަސް ފަހުން އަލުން ދައްކަން ޑޮކްޓަރު ލަފާ ދެއްވި ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބަށް އިއްވި ހުރިހާ ހުކުމްތަކުން މިނިވަންވެފައި ވަނިކޮށް އެމަނިކުފާނު އަލުން ހައްޔަރުކުރީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި މި މަހުގެ ކުރީކޮޅު ރާއްޖެ އިން ފިއްލެވުމުންނެވެ.
އެ ކުށް ކުރެއްވީ، އަދީބު ވިދާޅުވެފައިވާ ގޮތުގައި، ޚިޔާނާތާ ގުޅުން ހުރި ނުފޫޒު ގަދަ ފަރާތްތަކުން އޭނާ އަށް ދެމުން ދިޔަ އިންޒާރުތަކާ ހެދި އެވެ. ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފުވެވަޑައިގެން ފިއްލެވި މައްސަލަ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ މުޅި ތަހުގީގު ފުލުހުން އަލުން ހިންގަމުން އަންނަ އިރު، މި ތަހުގީގަށް އަދީބާ ސުވާލުކޮށް ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ.
ކްރިމިނަލް ކޯޓުގައި އަދީބު ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކޮށް އެކަމުގައި މަންފާ ލިބުނު މީހުންގެ މައުލޫމާތު ފުލުހުންނަށް ވާނީ ކިޔައިދެއްވައިފަ އެވެ.
ޔާމީން ގެ އަށް ބަދަލުކޮށްފި
ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އަދީބުގެ ބަޔާނެއް އެޗްއާރްސީއެމުން ނަގައިފި
އަދީބު ހާލަތަށް ބަދަލެއް ނާދޭ، ހާލު ސީރިއަސް: އާއިލާ
އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން
އަދީބު އަވަހާރަކޮށްލަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭ: މައުމޫން
އަދީބަށް ފަރުވާ ނުދޭން އަންގާފައެއް ނެތް: ކަރެކްޝަންސް