ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެންގަލޫރުގައި ބޭސްފަރުވާކުރުމަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު މިރޭ އިތުރުކޮށްދީފި އެވެ.
25 ޖޫން 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެންގަލޫރުގައި ބޭސްފަރުވާކުރުމަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު މިރޭ އިތުރުކޮށްދީފި އެވެ.
ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭން ބޭރުގައި ފަރުވާ ހޯދަން އަދީބަށް ދިން މުއްދަތުގައި އެކަންކަން ފުރިހަމަކުރެވިފައި ނުވާތީ އެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން މިއަދު އެދިފައިވާ ކަމަށެވެ. އެހެންވެ ފަރުވާގެ ބޭނުމަށް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ބުންޏެވެ.
ބޭސްފަރުވާ އަށް އަނބިކަނބަލުން މަރިޔަމް ނަޝްވާއާ އެކު އަދީބު ފުރާވަޑައިގެންނެވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެނބުރި ވަޑައިގަންނަވަން ކުރިން ހަމަޖައްސާފައިވަނީ މާދަމާ އެވެ.
"..އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ މުއްދަތުގައި ބޭސްފަރުވާގެ އެންމެހާ ކަންކަން ފުރިހަމަ ކުރެވިފައިނުވާތީ އަދި ވަކިން ހާއްސަކޮށް ކެންސަ ސްކްރީންއެއް ހެދުމަށް ޑޮކްޓަރު ދެއްވާފައިވާ ލަފާފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ރާއްޖެއިން ބޭރުގައި ބޭރުން ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު އާއިލާއިން އެދިފައިވާތީ، އަހުމަދު އަދީބު ބޭސްފަރުވާގެ ބޭނުމަށް ވަގުތީގޮތުން ޖަލުން ދޫކޮށްފައިވާ މުއްދަތު 6 ޖުލައި 2019 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި ދައުލަތުގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތްތެރި ވުމުގައި އިސްކޮށް އުޅުއްވި ކަމުގެ އިތުރުން ވެސް ގިނަ ކުށްތަކެއްގެ ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މެޑިކަލް ބޯޑުން ދިނީ އެއް އަހަރު ދުވަހަށެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަދީބުގެ ދަތުރުގައި ސަލާމަތީ ކަންކަން ވާނީ ވަރުގަދަކޮށްފަ އެވެ. އޭނާ އެކު އިންޑިއާގައި ދިވެހި ތިން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރަކު ހަރަކާތްތެރިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ
އަދީބު ގެންނާނެ ކަމަށް ވީ ވައުދު ފުއްދިއްޖެ: އިމްރާން
ބޭސްފަރުވާ އަށް އަދީބު ބެންގަލޫރަށް ފުރާވަޑައިގެންފި
އަދީބު ބޭރަށް ފުރުވާލާތީ ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް
އަދީބު ފުރާނީ ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާއެކު
އަދީބަށް ބޭނުންވާ ފަރުވާ ލިބޭނެ: އިމްރާން
އަދީބު ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފި
އަދީބު ހަވާލުކުރީ ރާއްޖެ ސަރަހައްދަށް ގެންގޮސްފައި!
އަދީބު ފިލި މައްސަލާގައި ދިވެހި ފުލުހުން ހިމޭނުން!