12 ނޮވެމްބަރ 2018
މަރުވިޔަސް ރާއްޖެ އިން ބޭރަށް ބޭސް ފަރުވާ އަށް ވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ހިންގާ ތަހުގީގުތަކަށް އެއްބާރުލުން ދެއްވުމަށް ފަހު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މަރުވިޔަސް ރާއްޖެ އިން ބޭރަށް ބޭސް ފަރުވާ އަށް ވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ހިންގާ ތަހުގީގުތަކަށް އެއްބާރުލުން ދެއްވުމަށް ފަހު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ، އަދީބު ފިއްލަވާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ވިދާޅުވީ އަދީބު ހުންނެވީ އާ ސަރުކާރުން ކުރާ ތަހުގީގަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށެވެ.
"މިއަދު ވެސް ހޮސްޕިޓަލުގައި އެ ހާލުގައި އޮވެ އަދީބު ވިދާޅުވީ މަރުވިޔަސް ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ތަހުގީގުތަކާ ކުރިމަތިނުލައި ބޭސް ފަރުވާ އަށް ނުފުރާނެ ކަމަށް،" ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
"އަދީބޭ ކިޔައިގެން ދައްކާ ސާބިތުނުހިފޭ ދޮގު ވާހަކަތައް އިންސާފުވެރި ތަހުގީގަކުން ސާފުވާނެ."
Ekamaku miadhu ves Ehaaluga hospitalugai ove Adeeb vidhaalhuvee “maruviyas Raees solih ge sarukaarun hinga thahugeeq thakah kurimathi nulaa beysfaruva ah nufuraanekamah, Adeeb eh kiyaigen dhakaa saabithu nuhifey dhogu vaahakathah insaafuveri thahugeeqakun saafuvaane kamah” 1/2
— Nash (@maryam_nashwa) November 12, 2018
އަދީބުގެ އަނބިކަނބަލުން ނަޝްވާގެ ޓުވީޓު:
މިހާރު ވެސް އަދީބު އޮންނެވީ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އެއީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށެވެ.
ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ވެސް އަދީބު އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އަދި އެތެރެ ހަށީގައި ސިސްޓުތަކެއް އުފެދިފައިވާތީ އެކަމަށް ވެސް އަދީބު ފަރުވާ ހޯއްދަވަ އެވެ.
މިވަގުތު އަދީބަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި ނަމަވެސް ނަޝްވާ ވިދާޅުވީ ޖަލުގައި މިހާތަނަށް އަދީބު ހޭދަ ކުރެއްވި ތިން އަހަރު ވެސް ހޭދަ ކުރައްވާފައި ވަނީ އެކަށީގެންވާ ބޭސް ފަރުވާ ނުލިބި ކަމަށެވެ. އެކަން ނަޝްވާ ސިފަ ކުރައްވާފައި ވަނީ ލާއިންސާނީ އަނިޔާއެއްގެ ގޮތުގަ އެވެ. އަދި އެކަމާ އެއްވެސް މުއައްސަސާއަކުން ޒިންމާ އުފުލަން މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ހުރިހާ ތަނަކުން ވެސް އަދީބު ވީމަ ދަނީ ބޭއިންސާފުން ކަންކަން ކުރަމުން،" ނަޝްވާ ވިދާޅުވި އެވެ.
އަދީބު ޖަލަށް ލާފައި ވަނީ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާ (80 މިލިއަން ޑޮލަރުގެ) ހިޔާނާތުގެ މައްސަލަ އަދި "ފިނިފެންމާ" ޔޮޓުގައި ބޮމެއް ހަރުކޮށް ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރެއްވި މައްސަލައިގައި ކުށް ސާބިތުވެގެންނެވެ. އޭނާގެ މައްޗަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
އެމްއެމްޕީއާރުސީގެ މައްސަލަ ވުޖޫދަކު ނެތް: އިދިކޮޅު
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ
އަދީބަކީ ރައީސް ޔާމީންގެ ޝިކާރައަކަށްވި ބޭފުޅެއް:ނަޝީދު
ގެއްލުނު ފައިސާ ހުރީ ސިންގަޕޫރު ތިޖޫރިއެއްގައި: ޔާމީން