15 އޯގަސްޓް 2017
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.
ރިޔާސީ ކެމްޕެއިނަށް ހެދި "ރުމާލު 2" ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާއިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެެވެ. ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އެކަން ދިފާއުކޮށް ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ ރައީސް އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގައި އުޅުނު އަދި މިހާރު އަލްޖަޒީރާގައި މަސައްކަތް ކުރަމުން އަންނަ ވިލް ޖޯޑަން ތައްޔާރުކުރި "ސްޓީލިން ޕެރެޑައިސް"ގެ ރިޕޯޓާ ގުޅިގެން ކަމަށެވެ.
ރައީސް ވަނީ އޭގައި ބުނެފައިވާ ގޮތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ހަލާލު އެއްޗަކަށް ނުވާނަމަ، އަދީބުގެ ފަރާތުން ފައިސާ ލިބުނު ބޭފުޅުންނަށް ވެސް ލިބުނީ ހަލާލު ފައިސާތޯ ސުވާލު އުފައްދަވާފައި ކަމަށެވެ. އަދި އެމަނިކުފާނުގެ ބަސްފުޅު އެއްކޮށް އަޑުއަހާލުމުން އެކަން އެނގިގެންދާ ކަމަށް ބުންޏެވެ.
އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަމައެކަނި ވަން ކަމަށް އަލްޖަޒީރާ އިން ދެއްކީ، އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށާއި އެކަމަކު އެގޮތަށް އެ ޓީވީން ބުނުމަކީ މައްސަލައެއް ކަމަށް ރޭ ރައީސް ވިދާޅުވި އެވެ.
"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް. އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާ ތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާ އަށް ވެސް ނުފެނުނު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެ ފައިސާ ހަރަދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބު ކުރަންތޯ ބަލަންޖެހޭ ކަމަަށެވެ.
"އެ ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެތް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެމްބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތަކީ އޭރުގެ ނައިބު ރައީސް އަދީބު އިސްކޮށް ހުންނަވައި ކުރެއްވި އެމްއެމްޕީއާރުސީގެ ވައްކަމެވެ. އަލްޖަޒީރާ އިން ދެއްކި ޑޮކިއުމެންޓަރީއެއްގައި ރައީސް ޔާމީންގެ ގެކޮޅަށް ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައި ވާނެ ކަމަށް، އޭރު އަދީބުގެ އަރިހުގައި މަސައްކަތްކުރި މީހަކު ބުނެފައިވެ އެވެ.
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް
ގެއްލުނު ފައިސާ ހުރީ ސިންގަޕޫރު ތިޖޫރިއެއްގައި: ޔާމީން
އާރަށް މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
މި ސަރުކާރުގައި ބްރޯއަކަށް ބްރޯއެއް އެބަހުރި: ޔާމީން
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި