09 ނޮވެމްބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޕާޓީގެ ރައީސްގެ ގޮތުގައި ބެލުމާ މެދު ގޮތެއް ކަނޑައަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޕާޓީގެ ރައީސްގެ ގޮތުގައި ބެލުމާ މެދު ގޮތެއް ކަނޑައަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް މިރޭ ވިދާޅުވީ ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސުންގެ ގޮތުގައި ދެމިތިއްބެވޭނެތޯ ބެލުމަށް އަންނަ އާދިއްތަ ދުވަހު ކޮމިޝަންގައި ބައްދަލުވުމެއް ބާއްވައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި ގޮތެއް ނިންމާނީ ގާނޫނީ ޓީމާ މަޝްވަރާކޮށްފައި ކަމަށް ވިދާޅުވި އެވެ.
ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހާ އެކު، އެމްޑީޕީގެ ރައީސްކަން ނަޝީދަށް ގެއްލިނއަދާލަތު ޕާޓީގެ ރައީސްކަން އިމްރާން ގެއްލިފައިވާ ކަމަށް އީސީން ކުރިން ކަނޑައެޅި އެވެ. އެކަމަކު، ދެ ބޭފުޅުންގެ މައްޗަށް އައި ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމާއެކު ކޮމިޝަނަށް ޝަކުވާ ހުށަހަޅަމުން ދާތީވެ، އެކަމާ މެދު ގޮތެއް ނިންމާފައި އަޅުގަނޑުމެން ދެ ޕާޓީ އަށް ވެސް ވަކިވަކިން އަންގާ ގޮތަށް ވަނީ ހަމަޖެހިފައި،" އަކްރަމް ވިދާޅުވި އެވެ.
ޖަލުތަކާއި ޕެރޯލް ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ނަޝީދުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގަ އެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ މެއި 1، 2015 ގައި ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.
ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަން ކުރެވޭނެ: އީސީ
"ނަޝީދާއި އިމްރާނަކީ ޕާޓީގެ ރައީސުންނެއް ނޫން"
ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން
ރައީސާއެކު ޕާޓީތަކުން ހެޔޮގޮތް ހޯދޭނެ: އިމްރާން
"މިވަގުތަށް ފޯކަސް ހުރީ އޮތް ނިޒާމުން ހިދުމަތް ދޭން"
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ނަޝީދުގެ ބޭނުމަކީ އަމިއްލަ ފައިދާ ހޯދުން: އަދާލަތު
ޗެއާޕާސަންގެ ވާހަކަ އަދާލަތުން އެހުން ބުއްދިވެރި:ނަޝީދު
ކެތްތެރިކަން އިސްކުރަންޖެހޭ: އިމްރާން
އަދާލަތާއި އެމްޑީޕީ އެއްބައިވީމާ ބައްޔެއް ނުކުރެވޭނެ