27 މެއި 2016
މާބަނޑު އިރު ގިނައިން މޭވާ ކޭ މީހުންނަށް ލިބިފައިވާ ދަރިންގެ ވިސްނުން ރަނގަޅު ކަމަށް ފަހުގެ ދިރާސާތަކުން ހާމަވެފައިވެ އެވެ. މި ދިރާސާ ކުރީ މާބަނޑުއިރު ގިނައިން ދޮންކޭލާއި ބެރީޒް އާއި ތަފާތު ވައްތަރުގެ މޭވާ ގިނައިން ކޭ މައިންނަށް ލިބިފައިވާ ދަރިންނަށް އެއް އަހަރު ވުމަށްފަހު އެކުދިންގެ ވިސްނުމުގެ ހުނަރު މޮނިޓަ ކޮށްގެންނެވެ. މި ޓެސްޓުގެ ނަތީޖާ ދެއްކިގޮތުން އެހެން ކުދިންނާ އަޅާބަލާއިރު މިކުދިން ޓެސްޓުން މާ މަތި ހޯދި އެވެ.

ނަމަވެސް މި ކުދިން އުފަންވުމަށް ފަހު، އެކުދިންނަށް ކާން ދީފައިވާ މޭވާގެ އަދަދުން އެކުދިންގެ ވިސްނުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ދިރާސާ ކުރި ފަރާތުން ފާހަގަކުރެ އެވެ.
އީބައޯމެޑިސިލް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކުރުމަށް ކެނެޑާގެ ސައިންސްވެރިން ވަނީ އުމުރުން 12 މަހުގެ 808 ކުއްޖަކު ޓެސްޓުކޮށްފަ އެވެ. މިކުދިންގެ މައިންނަކީ މުޅި އެ ގައުމަށް ހުޅުވާލައިގެން ވަރަށް ފުޅާ ދާއިރާއެއްގައި ހެދި ހެލްތު ސްޓަޑީއެއްގެ ބައިވެރިންނެވެ. މި އެންމެންވެސް ވަނީ މާބަނޑު ދުވަސްވަރު އެމީހުން ކޮންމެ ދުވަހަކު ކެއުމާއި އެހެނިހެން އާދަތައް ގެންގުޅުނު ގޮތް ރެކޯޑްކޮށްފަ އެވެ.
މި ޓެސްޓްގެ ނަތީޖާތައް އަޅާ ކިޔާލިއިރު މި ހެލްތު ސްޓަޑީގައި ބައިވެރިވި މާބަނޑު މީހުންގެ ތެރެއިން އެންމެ ގިނައިން މޭވާ ކޭ ކަމަށް ރެކޯޑް ކުރެވިފައިވާ މީހުންނަށް ލިބިފައިވާ ދަރިންގެ ހަނދާން ގަދަވުމާއި ދަސްކުރުމުގެ ހުނަރު މާ މަތިކަން ވަނީ ހާމަވެފަ އެވެ.

ސައިންސްވެރިންނަށް މި ދިރާސާއިން ފާހަގަކުރެވިފައި ވަނީ މާބަނޑުއިރު މޭވާ ގިނައިން ކާ ވަރަކަށް ވިހާ ދަރިފުޅުގެ ވިސްނުން ތޫނު ވެފައި ޓެސްޓުން މަތީ ނަތީޖާ ހޯދާފައިވާ ކަމެވެ.
މިތަނުން ކޮންމެ މަޔަކު މާބަނޑު ދުވަސްވަރު ކޭ ކޮންމެ މޭވާ ޕޯޝަނަކަށް އެމީހުންނަށް ލިބުނު ދަރިން ލައްވާ ހެދި ޓެސްޓްގެ ނަތީޖާ 2.38 ޕަސެންޓް މަތިވެފައިވެ އެވެ.
މާބަނޑު ދުވަސްވަރު މި އަންހެނުންގެ ކެއުމުގައި ހިމެނި ފައިބަރާއި ކެލޮރީޒް އަދި އޮމެގާ 3 އަދި މި ނޫންވެސް މާބަނޑު ވުމާ ގުޅިގެން ކައި އުޅޭ ކެއުންތަކުގެ ސަބަބުން މި ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
އަދި ތުއްތުއިރު އެ ކުދިންނަށް ކާންދީފައިވާ މޭވާގެ މިންވަރަކުން ވެސް މި ނަތީޖާއަށް ބަދަލެއް ނާދެ އެވެ. މެހި ބޭނުންކޮށްގެން ރިސާޗަރުން ލެބޯޓްރީގައި ހެދި މިފަދަ ދިރާސާއަކުން ވެސް ދެއްކީ ހަމަ މިއާ ދާދި އެއްގޮތް ނަތީޖާއެކެވެ. ވިހެއުމުގެ ކުރިން އެ ތަކެތި މޭވާ ކައިފައިވާ މިންވަރު އިތުރުވީ ވަރަކަށް އެ އެއްޗެތި ވިހޭ ދަރިންގެ މެމޮރީ ޓެސްޓުގެ ނަތީޖާވެސް މަތިވި އެވެ.
ކުއްޖާއަށް ބަލިވެ އިނުމުން ވީހާވެސް ގިނައިން މޭވާކެއުން ރަނގަޅުކަމަށް ސައިންސްވެރިން ބުނޭ
މި ދެ ދިރާސާގެ ނަތީޖާވެސް އެއްގޮތްކަމުން، ގާތުން ކިރުދިނުމާއި މައިމީހާގެ ތައުލީމީ ފެންވަރު އަދި އެމީހާގެ ދިރިއުޅުމުގެ ފެންވަރުން ކުދިންގެ ވިސްނުން ތޫނުކަމަށް ބަދަލެއް އައިސްފައިވާނެ ކަމަކަށް ސައިންސްވެރިން ނުދެކެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިގޮތަށް ދިމާވާ އެންމެ ބޮޑު ސަބަބަކަށް ބެލެވެނީ "ސައިކްލިކް އެޑެނިލޭޓް މޮނޮފޮސްފޭޓް ޕާތުވޭ" ނުވަތަ ސައިކްލިކް އޭއެމްޕީ ގެ ސަބަބުންނެވެ. މިއީ އިންސާނުންނާއި ފްލައިޒް ގާ ވެސް ހުންނަ އެއްޗެކެވެ.
ހަށިގަނޑުގައިވާ ޕްރޮޓީންސް އާއި ކެމިކަލްސް ރެގިއުލޭޓްކުރަނީ މި ޕާތުވޭ އިންނެވެ. ސެލްތައް އެއްކޮށް ބައިތިއްބުމާއި ސިކުނޑީގެ އެކި އޭރިއާތަކުގެ ފަންކްޝަން މާ ގަދަޔަށް ވިސްނުމަށް ބޭނުންކުރާ ޕްރިފޮރެންޓަލް ކޯޓެކްސްގެ މަސައްކަތް ވެސް ރެގިއުލޭޓްކުރަނީ މި ޕާތުވޭ އިންނެވެ.
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ ވަރު އިތުރުވެއްޖެ
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
އެއްމާބަނޑު ދެކުދިންގެ ފަރުވާއަށް ވަގުތުން އެހީތެރިވި
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ
ހަ މަހުގެ ދަރިފުޅު އަބަދު ހޭލަނީ: މައްސަލައެއް؟
ކުޑަކުދިން ޖައްސާ ތުން ސާފުކުރާނީ ކިހިނެއް؟
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ