ސަރުކާރާއި ޕީޕީއެމްގެ ޕްރޮމޯޝަނަށް ބޭނުންކުރި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ކޮށްފައިވާ ހޭދައަށް 10 މިލިއަން ރުފިޔާ ދިނުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އާދިއްތަ ދުވަހު އަންގައިފި އެވެ.
06 ނޮވެމްބަރ 2018
ސަރުކާރާއި ޕީޕީއެމްގެ ޕްރޮމޯޝަނަށް ބޭނުންކުރި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ކޮށްފައިވާ ހޭދައަށް 10 މިލިއަން ރުފިޔާ ދިނުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އާދިއްތަ ދުވަހު އަންގައިފި އެވެ.
ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އެގޮތަށް އަންގައި، ސިޓީއެއް ފޮނުވީ ދައުލަތުގެ ބަޖެޓުން ޕީއެސްއެމަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ ޕީއެސްއެމުން ރައީސް އޮފީހަށް އެންގުމުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަން، މުހައްމަދު ލުވޭޒު ސޮއިކުރައްވައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ޕީއެސްއެމުން ކުރި 10,629,745ރ. ދޫކުރަން ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ގެނެސް ދޭން ހާއްސަ ގޮތްތަކެއް ހަމަޖައްސަން ޕީއެސްއެމުން ވަނީ ދެ ފަހަރެއްގެ މަތިން ޕޯޗުގަލްގެ ތަޖުރިބާކާރުންގެ އެހީ ހޯދައިފަ އެވެ. އެ މީހުން ޕީއެސްއެމްގައި މަސައްކަތްކުރީ ގްރެފިކްސްގެ ކަންކަމުގަ އެވެ.
ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ޕީއެސްއެމްގެ ކެޕިޓަލް އިންވެސްޓްމަންޓަށް 20 މިލިއަން ރުފިޔާ ހިމަނާފައިވާތީ އެއަށް ބަރޯސާވެ އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ބަލަން ރައީސް ވަނީ އަންގަވައިފަ އެވެ. އެކަންކަން ބެލުމަށް ފަހު 20 މިލިއަން ރުފިޔާގެ ބަޖެޓުން ހަރަދު ހަމަޖެއްސުމާ މެދު ނިންމާ ގޮތެއް ރައީސް އޮފީހަށް އަންގަން ވެސް ސިޓީގައި ބުނެފައިވެ އެވެ.
ޕީއެސްއެމަކީ ގާނޫނީ ގޮތުން ވަކި ޒިންމާތަކެއް ކަނޑައަޅައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ކުންފުންޏެކެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމާ ހަމައަށް އެކުންފުނިން ވަނީ އެމަނިކުފާނާއި ޕީޕީއެމްގެ ޕްރޮމޯޝަނަށް ވަރަށް ބޮޑެތި މަސައްކަތްކޮށް، ހޭދަކޮށްފަ އެވެ.
"ރެގިއުލޭޓްކުރުމަކީ ބްލޮކްކޮށް، ހުރަސްއެޅުމެއް ނޫން"
ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
ޕީއެސްއެމް: މިނިވަން ވަނީ ގާނޫނުން، އަމަލަކުން ނޫން!
ޕީއެސްއެމްގެ ހިޔާނާތުގައި 2 ސަރުކާރުގެ ވެސް އޮޅުވާލުން
އޭސީޕީ ރިޔާޒާ ގުޅިގެން ދެއްކި ވާހަކަ ދޮގުކޮށްފި
މިނިވަން ނޫސްވެރިކަމޭ ކިޔަން ޔާމީން ލަދުގަންނަން ޖެހޭނެ
ހަސަންއަށް ކުރާ ތުހުމަތު: "ހަށި ގަންނަން ހުށަހެޅި"
އޭސީސީގެ ވެރިންނާ ބައްދަލުކުރި ދެނޫސްވެރިއަކު ވަކިކޮށްފި