ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް، އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ކޯލިޝަންގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
05 ނޮވެމްބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް، އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ކޯލިޝަންގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި މިގޮތަށް މި ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު 12 މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި، ދެން އޮންނަ މަޖިލިސް އިންތިޚާބުގެ ޓިކެޓާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައި ވަނިކޮށެވެ.
އެއްވެސް ކުށަކާ ނުލައި، މަޖިލީހަށް ވެންނެވުމަށް ހުރަސްއަޅައި، ގާތްގަނޑަކަށް 60،000 ރައްޔިތުންގެ އަޑު މަޖިލީހުގައި ކަނޑުވާލި ގޮތާ މެދު ކަންބޮޑުވުންފާޅުކުރައްވައި، އެ މެމްބަރުން އެދިވަޑައިގަންނަވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭނެ ގޮތެއް ވުމެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި އެ މެމްބަރުންނަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާ ހިސާބުން ވެސް ލީޑަރުންނަށް ހުށަހެޅުއްވި ހުށަހެޅުމެކެވެ. އަދި، އެކަމުގެ ޔަގީން ކަން ވެސް ލީޑަރުން ދެއްވި ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.
Gondi gellunu kamah buni 12 membarun’aai Raees @MohamedNasheed bahdhalu kuravvaifi. pic.twitter.com/AV32qtle96
— MDP Secretariat (@MDPSecretariat) November 5, 2018
ނަޝީދު މިއަދު މެމްބަރުންނާ ބައްދަލު ކުރެއްވުމުން އެމަނިކުފާނާ ވެސް އެ ސުވާލު ކުރިމަތި ކުރެއްވި އެވެ. އެ މައްސަލަ އާއި މެމްބަރުން ފާޅުކުރެއްވި އެހެން ކަންބޮޑުވުންތަކުގައި ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް 12 މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ.
މީގެކުރިން، އެ ޔަގީންކަން، ކޯލިޝަންގައި ދެން ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ދެއްވާފައިވާ ކަމަށް މެމްބަރުން ވިދާޅުވެ އެވެ.
އެ ވާހަކަ އަށް ބާރު ލިބޭ ގޮތަށް، މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 12 މެމްބަރުންނަށް އެ ދާއިރާތަކުން ޓިކެޓް ދިނުމަކީ މާކުރިން އެއްބަސްވެފައި އޮތް ކަމެކެވެ. އެކަމަކު، މައުމޫން ފިޔަވައި އެހެން ލީޑަރަކު ރަސްމީކޮށް މި ވާހަކަ އާއްމެއް ނުކުރައްވަ އެވެ.
All coalition partners have already agreed to support the candidacy of the 12 MPs in their respective constituencies without going through a primary in the 2019 Majlis elections.
— Maumoon Abdul Gayoom (@maumoonagayoom) November 5, 2018
މެމްބަރުންނަށް ޓިކެޓް ދިނުމާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓުވީޓް.
ގޮނޑި ގެއްލުވާލީ، ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނެވި މެމްބަރުންނެވެ. ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެ މެމްބަރުން ނިންމެވީ، މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތުގައި އެއްބާރުލުން ދެއްވާށެވެ. އޭރު މައުމޫން ގެންދެވީ، އިދިކޮޅު ލީޑަރުންނާ އެކު ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ޕީޕީއެމުން އެދިގެން އީސީން ކަނޑައެޅީ ވެރިކަންކުރާ ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވުންނެވެ. އެއާއެކު، ދޮޅު އަހަރެއްހާ ދުވަހު އެ މެމްބަރުންނަށް މަޖިލީހުގައި އަދާކުރައްވަން ޖެހޭ ޒިންމާއަށް މުއައްސަސާތަކުން ވަނީ ހުރަސްއަޅައިފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއް ފަހުން، މިދިޔަ މަހުގެ ތެރޭގައި، މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ
ކެންޑިޑޭޓަކު ހޮވުމުގެ މަޝްވަރާއަށް މަންދޫބުން ނަގައިފި
އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ ކިހިނެއް؟
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު އެއްބަސްވުމަކަށް
ވަކިން ވާދަކުރުން ނޫން ގޮތެއް ނެތް!
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް