31 ޑިސެމްބަރ 2017
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ހޮވުމުގެ މަޝްވަރާއަށް، ކޮންމެ ޕާޓީއަކުން ދެ މަންދޫބަކު ކަނޑައަޅައި ކޯލިޝަންގެ ލީޑަރުންނަށް އެ ނަންނަތައް ފޮނުވައިފި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ހޮވުމުގެ މަޝްވަރާއަށް، ކޮންމެ ޕާޓީއަކުން ދެ މަންދޫބަކު ކަނޑައަޅައި ކޯލިޝަންގެ ލީޑަރުންނަށް އެ ނަންނަތައް ފޮނުވައިފި އެވެ.
މި މަޝްވަރާގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ތަމްސީލް ކުރާނީ އެނގިފައިވާ ގޮތުގައި، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަދި އާމިނަތު ނާދިރާ އެވެ.
ޖުމްހޫރީ ޕާޓީ ތަމްސީލް ކުރާނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އަދާލަތު ޕާޓީން ބައިވެރިވެވަޑައިގަންނަވާނީ އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް ޝަރީފް ކަމަށް އެނގިފައިވެ އެވެ.
މަޝްވަރާތައް ފަށާނެ ދުވަހެއް އަދި ޕާޓީތަކުގެ މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން އިދިކޮޅު ހަރަކާތުން ރަސްމީކޮށް އަދި ވާހައެއް ނުދައްކަ އެވެ.
ރިޔާސީ އިންތިޚާބަށް އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމަށް، އެ ހަރަކާތުގެ ލީޑަރުން އުސޫލެއްގެ ގޮތުން އެެއްބަސްވެވަޑައިގެންނެވި ނަމަވެސް އެކަން ކުރާނެ ފޯމިއުލާއެއް އަދިއެއް ކަނޑައަޅައެއް ނާޅަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް އިދިކޮޅު ކޯލިޝަންގެ އިސްވެރިންނަށް ހުށަހަޅާފައިވާ ގޮތުން ނަމަ، އެއް ކެންޑިޑޭޓަކު ކަނޑައަޅާނީ އެ ކޯލިޝަންގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެކަމަކު އެކަން ކުރާނެ ގޮތަކާ މެދު އެމްޑީޕީން ވެސް އަދި ކޯލިޝަންގެ އެހެން ޕާޓީތަކުން ވެސް މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައެއް ނުވެ އެވެ.
މިހާރު ޖަރުމަނުގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ފަހު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެފައި ވަނީ، ހަތަރު ޕާޓީއަށް އިންސާފުވެރި ހަމަހަމަ، ޑިމޮކްރެޓިކް ޕްރައިމަރީ އަކުން ގައުމީ ކެންޑިޑޭޓެއް އިންތިހާބު ކުރަން ގާސިމް ތާއީދުކުރެއްވީތީ ވެސް އުފާކުރައްވާ ކަމަށެވެ. އަދި މަޝްވަރާއިން ގޮތެއް ނުނިމިއްޖެ ނަމަ "ދުރުނުކުރެވޭ ވަރަށް ކައިރި ނުވެ، ކައިރި ނުވެވޭވަރަށް ދުރުނުވެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ" ކަމަށް ވެސް އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށް "އިންސާފުވެރި ޕްރައިމަރީ" އެއް ބޭއްވުމަށް ގާސިމް ވެސް ތާއީދު ކުރައްވާކަން އަލީ ވަހީދުގެ އެ ޓްވީޓުން ހާމަވާ ކަން ސިޔާސީ ފަރާތްތަކުން ފާހަގަކުރެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ވާދަކުރައްވަން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމެވެ. އެހެންވެ ޕްރައިމަރީގައި ވެސް ވާދަކުރައްވާނީ އެ ދެ ބޭފުޅުން ކަމަށް އިދިކޮޅު ހަރަކާތުގެ އިސް ބައެއް ބޭފުޅުން ލަފާކުރައްވަ އެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ ކިހިނެއް؟
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު އެއްބަސްވުމަކަށް
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީންފާސްކޮށްފި
އެމްޑީޕީން ކުރިމަތިލާ ދާއިރާތައް މިރޭ ކަނޑައަޅަނީ
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!