05 ނޮވެމްބަރ 2018
އާ ސަރުކާރެއް އަންނަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ނަން އިއުލާން ކުރި މަގުސަދު ސާފު ކަމަށާއި ފްލެޓް ދޫކޮށްފައިވާ ގޮތް އާ ސަރުކާރުން ބަލާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރެއް އަންނަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ނަން އިއުލާން ކުރި މަގުސަދު ސާފު ކަމަށާއި ފްލެޓް ދޫކޮށްފައިވާ ގޮތް އާ ސަރުކާރުން ބަލާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން އިއުލާނުކުރި ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން އެއީ ފްލެޓް ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކަމަށާއި އެއްވެސް މީހެއްގެ އަތުން ފްލެޓު އަތުލައިފިނަމަ، ކޯޓަށް ދިއުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ގޮވާލައްވައިފަ އެވެ.
މުއިއްޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އަދި އަޅަން ވެސް ފަށާފައި ނުވާ ފްލެޓްތަކެއް މި ސަރުކާރުން ބަހަމުން ގެންދަނީ ސިއްރު ލިސްޓަކަށް ކަމަށެވެ. އެގޮތަށް ފްލެޓް ދިން އިރު އެތައް ޝަކުވާއެއް ފެންމަތިވެފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
Dhaaimee list gaivaa meehunnah flat nudheefi nama court ah dheveyne: Muizzu
The most trusted news source in the Maldives
Mihaaru
ދާއިމީ ލިސްޓްގައިވާ މީހުންނަށް ފްލެޓް ދޭން މުއިއްޒު އެދުން---
އެހެންކަމުން އުސޫލާ ހިލާފަށް ފްލެޓްތައް ބަހާފައިވާ ނަމަ އާ ސަރުކާރުން އެކަން ބަލާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. މައްސަލަ ބަލައި އަޅާނެ ފިޔަވަޅުތަކެއް ވިދާޅެއް ނުވެ އެވެ.
"އާ ސަރުކާރު ހުވާކުރަން 10 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް [ފްލެޓް] ބަހާލައްވާފައި އަދި އެއާ ނުކުޅެއްޗޭ ވިދާޅުވެ އެ ގަންނަވަން އުޅޭ ސަކަރާތަކީ އެއްވެސް ބަޔަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.
"ހަމަ ކުރީގެ ސިއްރު ލިސްޓެކޭ އެއްގޮތަށް ރައްޔިތުން ޝައްކު ކުރޭ މިހާރު ވެސް ހަމަ ވަކި ލިސްޓަކަށް ވަކި ގޮތްތަކަށް ކަންކަން ހަމަޖައްސަވައިގެން ކަންކަން ކުރައްވަނީކަން."
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެ އެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 11،000 މީހަކަށް ވަނީ ފްލެޓު ކަށަވަރުވެފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ 44،000 ރައްޔިތުންގެ ބޯހިޔާވަހިކަމެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ފެއްޓެވި މަޝްރޫއުތައް މި މަހުގެ 17 ވަނަ ދުވަހު ފަށާ އާ ސަރުކާރުން ކުރިއަށް ގެންދިއުމަކީ ބޮޑު އެދުމެކެވެ. އެހެންވެ، މަޝްރޫއުތައް އަމާނާތްތެރިކަމާއެކު ކުރިއަށް ގެންގޮސް ދިނުމަށް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ގޯތި ވިއްކަން އުޅެނީ ފުރައްސާރައަކަށްވާ ގޮތަށް: މާރިޔާ
ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ގޮތެއް ނުނިންމާ
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހައްގުވެރިން ކަނޑައެޅުމުން ޕޮއިންޓުގައި ބޮޑު ފަރަގެއް!
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ