30 އޮކްޓޯބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅުއްވި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅުއްވި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން ނަޝީދުގެ ހުކުމާ ގުޅޭ މައްސަލާގައި ވަގުތީ އަމުރެއް މި ނެރުނީ، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.
ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނުއިރު، އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ޖަލު ހުކުމަށް ފަހު، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ނަޝީދު ދިރިއުޅުއްވަނީ އެ ގައުމުގެ އިތުރުން ސްރީ ލަންކާގަ އެވެ.
Court Order of the Supreme Court: 2018/SC-VA-J/03
— Maldives Judiciary (@judiciarymv) October 30, 2018
ReadMore: https://t.co/IikCjXivpp pic.twitter.com/KYB68rLQbX
ނަޝީދުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު
ފުލުހުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ކަމާ ގުޅޭ އެންމެހައި ފަރާތްތަކަށް ރައްދުވާ ގޮތަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، ނަޝީދުގެ ޖަލު ހުކުމާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން، ނަޝީދާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން 2016 ގައި އޮތީ ތާއީދުކޮށްފަ އެވެ.
ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ޖަލު ހުކުމް ވެސް މުރާޖައާ ކޮށްދިނުމަށް އެ ދެ ބޭފުޅުންފެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އިމްރާނާއި ނާޒިމްގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ބަލައިގަތުމަށް އެ ކޯޓުން ރޭ ވަނީ ނިންމައިފަ އެވެ.
އިމްރާނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ކުށް ސާބިތު ނުވެ އޮއްވައި އޭނާ 25 އަހަރަށް ޖަލަށް ލާން 2015 ގައި ހުކުމްކުރީ ސުޕްރީމް ކޯޓުންނެވެ.
ހުކުމަށް ފަހު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ނާޒިމް އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. އިމްރާން ވަނީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ނަޝީދު، އިމްރާން، ނާޒިމްގެ މައްސަލަ ބަލައިގެންފި
ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި
ނަޝީދުގެ ހުކުމް ރިވިއު ކުރުމަށް ޕީޖީން ސުޕްރީމް ކޯޓަށް
ފިސްތޯލަ ގެންގުޅެގެން އަދީބަށް ކުރި ހުކުމް ގޯސް: ޕީޖީ
ނަޝީދުގެ މައްސަލައިން ޕީޖީއަށް ނިންމާލެވޭކަށް ނެތް!
އެސްއޯއީގެ ދަށުން ކުރާ ތަހުގީގުގައި ޕީޖީގެ ޓީމެއް
ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޕީޖީ
ޔާމީނާ ދެކޮޅު އާ ހެކިތަކުގެ މައްސަލަ ބަލައިގެންފި
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
"ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ"