29 އޮކްޓޯބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ބަލައިގަތުމަށް އެ ކޯޓުން މިރޭ ނިންމައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ބަލައިގަތުމަށް އެ ކޯޓުން މިރޭ ނިންމައިފި އެވެ.
މި ތިން މައްސަލައިގެ ތެރެއިން ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުންނެވެ. އިމްރާނާއި ނާޒިމްގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހެޅުއްވީ އެ ދެ ބޭފުޅުން އަމިއްލަ އަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވަނީ 13 އަހަރުގެ ޖަލު ހުކުމެކެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމްގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ތިން މައްސަލަ ވެސް ރިވިއު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި، އެ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން މިރޭ ބުންޏެވެ.
ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން 2016 ގައި އޮތީ ތާއީދުކޮށްފަ އެވެ. އަދި އިމްރާނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ކުށް ސާބިތު ނުވެ އޮއްވައި އޭނާ 25 އަހަރަށް ޖަލަށް ލާން 2015 ގައި ހުކުމްކުރީ ސުޕްރީމް ކޯޓުންނެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ނަޝީދާއި ނާޒިމް މި ވަގުތު ތިއްބެވީ އަމިއްލަ އަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގަ އެވެ. އެކަމަކު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަތުމަށް ނަޝީދު މިހާރު ވަނީ ނިންމަވައިފަ އެވެ. އިމްރާން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.
ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފި
ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި
ނަޝީދުގެ ހުކުމް ރިވިއު ކުރުމަށް ޕީޖީން ސުޕްރީމް ކޯޓަށް
ފިސްތޯލަ ގެންގުޅެގެން އަދީބަށް ކުރި ހުކުމް ގޯސް: ޕީޖީ
ނަޝީދުގެ މައްސަލައިން ޕީޖީއަށް ނިންމާލެވޭކަށް ނެތް!
އެސްއޯއީގެ ދަށުން ކުރާ ތަހުގީގުގައި ޕީޖީގެ ޓީމެއް
ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޕީޖީ
ޔާމީނާ ދެކޮޅު އާ ހެކިތަކުގެ މައްސަލަ ބަލައިގެންފި
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
"ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ"