13 އޯގަސްޓް 2016
ރާއްޖޭގެ ވައިގެ އަސްކަރިއްޔާގެ ހިދުމަތް ފަށައި، އެ ހިދުމަތް ވަރުގަދަ ކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ރާއްޖެއަށް ދިނުމަށް ނިންމައިފި އެވެ.
ރާއްޖޭގެ ވައިގެ އަސްކަރިއްޔާގެ ހިދުމަތް ފަށައި، އެ ހިދުމަތް ވަރުގަދަ ކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ރާއްޖެއަށް ދިނުމަށް ނިންމައިފި އެވެ.
"މިހާރު"ން ދެންނެި ސުވާލެއްގެ ޖަވާބުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވި ގޮތުގައި އިންޑިއާ އިން ދޭ ނިންމީ ތިން ފައިޓާ ޖެޓާއި މަތިންދާ ބޯޓެކެވެ. އަދި ޕާކިސްތާނުން ދޭން ނިންމާފައި ވަނީ ވައިގެ އަސްކަރިއްޔާގައި ބޭނުންކުރާ ދެ މަތިންދާ ބޯޓު ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ އެމްއެންޑީއެފްގެ ހިދުމަތް ފުޅާކުރަން އަސްކަރީ މަތިންދާ ބޯޓުތަކެއް ރާއްޖެ ގެންނަ ފުރަތަމަ ފަހަރެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ރާއްޖޭގެ ވައިގެ އަސްކަރިއްޔާއެއް ގާއިމު ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން.
"އިންޑިއާއިން ދިނުމަށް ނިންމި ތިން ޖެޓާއި ބޯޓަކީ ރާއްޖެއަށް ހިލޭ ދޭ އުޅަނދުތަކެއް، ޕާކިސްތާނުން މަތިންދާ ބޯޓު ދެނީ އެ ގައުމުން ކަނޑައަޅާ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވައިގެ އަސްކަރިއްޔާގައި މަސައްކަތް ކުރާނެ ސިފައިން ތަމްރީނު ކުރުމުގައި އިންޑިއާ އިން އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.
އާދަމް ވިދާޅުވި ގޮތުގައި އިންޑިއާ އިން ހަދިޔާ ކުރި މަތިންދާ ބޯޓު މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޖެޓްތައް ރާއްޖެ ގެނައުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ އަސްކަރީ ޖެޓެއް.
ވައިގެ އަސްކަރިއްޔާގެ ހިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލ. ކައްދޫގައި ގާއިމްކުރި ސިފައިންގެ އަސްކަރީ ވައިގެ މަރުކަޒު ހުޅުވައި، ސިފައިންގެ އަސްކަރިއްޔާގައި ބޭނުންކުރާ ހުރިހާ ވައިގެ އުޅަނދެއް އެ ތަނުގައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.
"ފައިޓާ ޖެޓްތައް ގެނެވޭނީ ދުވަސްކޮޅެއް ފަހުން. އެއީ ކައްދޫ އަސްކަރީ ވައިގެ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން އެބަހުރި،" އާދަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވައިގެ އަސްކަރިއްޔާގެ ހިދުމަތް ފަށާނީ މީހުން ތަމްރީނުކޮށް، ސިފައިންގެ އަސްކަރީ ވައިގެ މަރުކަޒު ވެސް ތަރައްގީ ކުރުމަށްފަހު އެވެ. ވައިގެ މަރުކަޒު ތަރައްގީ ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އިންޑިއާއަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު ވައިގެ އަސްކަރިއްޔާއެއް އޮންނަ ގައުމުމެވެ. އެ ގައުމުގައި ބޭނުންކުރަމުން އަންނަ އަސްކަރީ އުޅަނދުތަކުގެ ތެރެއިން ފައިޓާ ޖެޓަކީ ދުވެލި ބާރު، އެއްގަމުގައި ނުވަތަ ކަނޑުގައި އުޅޭ ދުޝްމަނުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިދާނެ ކުޑަ ޖެޓެކެވެ.
ބޮން އެޅުމަށާއި، ވައިގެ ވަރުގަދަ ހަމަލާތައް ދިނުމުގައި ފައިޓާ ޖެޓު ދުނިޔޭގެ ގިނަ ގައުމުތަކުން އިހްތިޔާރު ކުރަނީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި، ބޭނުންވާ ތަނަކަށް އަމާޒުކުރުމުގެ ގާބިލްކަން ހުރުމުންނެވެ.
އިންޑިއާގެ ވައިގެ އަސްކަރިއްޔާގައި އާންމުކޮށް ހުންނަނީ ފްރާންސާއި ރަޝިއާގެ އުފެއްދުންތަކެވެ. އެ ގައުމުން ބޭނުންކުރާ ފައިޓާ ޖެޓެއްގެ އަގު އުޅެނީ 20 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރުގެ އަގުތަކެއްގަ އެވެ. އެއީ 300 މިލިއަން ރުފިޔާ އާއި 700 މިލިއަން ރުފިޔާއާ ދެމެދުގެ އަގެކެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ވައިގެ އަސްކަރިއްޔާއަށް ހާއްސަކޮށްގެން ގެންނަ އުޅަނދުތައް ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކަމަށެވެ. އަދި މި އުޅަނދުތަކުގެ ސަބަބުން ރާއްޖޭގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިންޑިއާ އިން މީގެ ކުރިން ވަނީ އެމްއެންޑީއެފަށް ދެ ހެލިކޮޕްޓަރު ހަދިޔާކޮށްފަ އެވެ.
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ހެލިކޮޕްޓަރު ދުއްވުމާ ދިވެހި ޕައިލެޓް ހަވާލުވަނީ
އަސްކަރީ ބޯޓުތައް ނުގެނެވެނީ ބަހައްޓާނެ ތަން ނުހެދޭތީ
ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަނީ
"ޓެރަރިޒަމާ ދެކޮޅު އިސް ގައުމަކަށް ރާއްޖެ ވާނެ"
ޑިފެންސްގެ އިމާރާތަށް 80 މިލިއަން ރުފިޔާގެ އެހީއެއް
އަސްކަރިއްޔާ ހަރުދަނާކުރަން ޕާކިސްތާނުން 10 މިލިއަން ޑޮލަރު ދެނީ
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް