28 އޮކްޓޯބަރ 2018
އަންނަ މަހު ވެރިކަމާ ހަވާލުވާ ކޯލިޝަން ރިޔާސީ ފަސް އަހަރު ނިމެންދެން ދަމަހައްޓަންޖެހޭ ކަމަށާއި އެ ކޯލިޝަން ހަލަބޮލިކުރަން އުޅޭ ބަޔަކަށް އަދި މީހަކަށް ޖާގައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ވެރިކަމާ ހަވާލުވާ ކޯލިޝަން ރިޔާސީ ފަސް އަހަރު ނިމެންދެން ދަމަހައްޓަންޖެހޭ ކަމަށާއި އެ ކޯލިޝަން ހަލަބޮލިކުރަން އުޅޭ ބަޔަކަށް އަދި މީހަކަށް ޖާގައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ކައުންސިލްގެ އިއްތިފާގުން އެ ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ކައުންސިލުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރެއް އުފައްދާފައި އެ ސަރުކާރާއެކީ ކުރިއަށް ދިއުމުގެ މުހިންމުކަން ވެއަތުވެދިޔަ ރިޔާސީ ދެ ދައުރުގައި ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ.
"ސަރުކާރެއް އުފައްދާފައި އެ ސަރުކާރާއެކީ އަޅުގަނޑުމެން ކުރިއަށް ދިއުމުގެ މުހިންމުކަން މި ވެއަތުވެދިޔަ ދެ ފަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް ލިބިއްޖެ. އެހެންވީމަ އެ މިސްޓޭކް އަޅުގަނޑުމެން ހަދައިގެން ނުވާނެއޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއެކީ މި ސަރުކާރު ފަސް އަހަރަށް ސްމޫތު ކަމާއެކީ މި ކުރާ ފަހި ދަތުރަށް އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކީގައި ތިބެންޖެހޭނެ ކަމަށް އަޅުގަނޑު ދަންނަވާލަން."
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި ކޯލިޝަނަށް ހަލަބޮލިކަމެއް އަންނާނެ ފަދަ ކަމެއް ޖޭޕީން ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާ ބަޔަކަށް ރައްޔިތުން ޖާގަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް މި ދަތުރުގައި އަޅުގަނޑުމެންނަކީ އެއްވެސް ހަލަބޮލިކަމެއް ގެންނާނެ ބަޔަކަށް ޕާޓިއަކަށް ވެގެން ނުވާނެ އެއްވެސް ހާލެއްގައި. އިތުރު ހަލަބޮލިކަމެއް މި ކޯލިޝަނަށް ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑަށް ހީވާ ގޮތުން މާ ބޮޑު ޖާގައެއް ދިވެހި ރައްޔިތުންގެ ނެތް. އެއީ ކޮންމެ ބައެއް އަދި ކޮންމެ މީހަކަށްވި ނަމަވެސް،" ގާސިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ގާސިމް ވިދާޅުވީ ދިވެހިން ބޭނުންވަނީ ކުރިއަށް އޮތް ފަސް އަހަރު އަމާންކަމާއި އޮމާންކަމާއެކު ނިންމުން ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކުން އެ ޖާގަ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ބޭނުން ވަނީ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމްގެ މާލިމީ ކަމުގެ ދަށުގައި މި ފަށާ ފަސް އަހަރުގެ ދަތުރު ވަރަށް ބާއްޖަވެރި، އަމާން، އޮމާން ދަތުރެއްގެ ގޮތުގައި ނިންމުން،" ގާސިމް ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރަކު ހޮވާފައި މި ވަނީ ކުރިން ވެސް މަގާމު ފުރުއްވި ގާސިމަށް ސާބިތުވެފައި އޮތް ރިޝްވަތު ދިނުމުގެ ކުށް ހައި ކޯޓުން ބާތިލް ކުރުމުންނެވެ. މި ދުވަސްތަކުގައި ޕާޓީ ހިންގާފައި ވަނީ އެކްޓިން ލީޑަރު ޑރ. ހުސެއިން ރަޝީދެވެ.
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ
ޗާގޯސް އެއްވުމަށް ނުދާން ގާސިމް އެދިވަައިގެންފި
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
ވެރިކަމާ ތަޅާފޮޅަން އަދި މާ އަވަސް: ގާސިމް
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
"ޖޭޕީން މަޖިލިސް ބޮއިކޮޓް ކޮށްފައިވާ ކަމަށް ބެލެވޭ"
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި