Roadha Mihaaru
ކޮންމެ ފަސް މީހަކަށް ޖީމެއިލް އެކައުންޓެއް

ކޮންމެ ފަސް މީހަކަށް ޖީމެއިލް އެކައުންޓެއް

28 އޮކްޓޯބަރ 2018

ޖީމެއިލް ބޭނުންކުރާ މީހުންގެ އަދަދު 1.5 ބިލިއަނަށް އަރައިފި އެވެ. ޖީމެއިލްގެ ރަސްމީ ޓްވީޓާ އެކައުންޓުން ފޮނުވި ޓްވީޓަކުން މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި އަދަދު ފަހަނައަޅައި ހިނގައިދާނެ ކަމަށް މިހާރު ދެން ބަލަންވީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޖީމެއިލް ބޭނުންކުރާ މީހުންގެ އަދަދު 1.5 ބިލިއަނަށް އަރައިފި އެވެ. ޖީމެއިލްގެ ރަސްމީ ޓްވީޓާ އެކައުންޓުން ފޮނުވި ޓްވީޓަކުން މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި އަދަދު ފަހަނައަޅައި ހިނގައިދާނެ ކަމަށް މިހާރު ދެން ބަލަންވީ އެވެ.

ދުނިޔޭގެ އާބާދީ އަކީ 7.53 ބިލިއަނެވެ. މި ނިސްބަތަށް ބުރަވެ، ޖީމެއިލް ބޭނުންކުރާ މީހުންގެ އަދަދު ބަލާ ނަމަ، ކޮންމެ ފަސް މީހަކަށް ޖީމެއިލް އެކައުންޓެއް، ގޫގުލް ސާވާތަކުގައި ރެޖިސްޓްރީކުރެވިފައި ވެ އެވެ. އެކަމަކު، އެއް އެކައުންޓަށް ވުރެ ގިނަ އެކައުންޓް ބޭނުންކުރާ މީހުން އުޅޭ ކަމަށް ވެސް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.

ޖީމެއިލް ފަދައިން، ގޫގުލްގެ އެހެނިހެން ޚިދުމަތްތަކަށް، ޚާއްސަކޮށް އިންޓަނެޓް ސޮފްޓްވެއާތަކަށް މީހުންގެ ހިތް ލެންބުމުގައި، އެންޑްރޮއިޑްގެ ދައުރު ވަރަށް ފުޅަލެވެ. ސްމާޓްފޯން މާކެޓްގައި އެންމެ ގިނަ މީހުން ބޭނުންކުރާ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ އެންޑްރޮއިޑް އެވެ އަދި ކޮންމެ އެންޑްރޮއިޑް ފޯނެއްހެން، އާންމު މާކެޓަށް ނެރެވީ ޖީމެއިލް އިންސްޓޯލްކުރުމަށް ފަހު އެވެ.

އޭޕްރީލް 2004 ގައި ޖީމެއިލް ފަށައިގެންއިރު ވެސް އިންޓަނެޓްގައި އީމެއިލުން މުއާމަލާތުކުރެ އެވެ. އަހަރެމެން ތެރޭގައި އެއިރު އެންމެ މަޝްހޫރީ "ހޮޓްމެއިލް" އަދި "ޔާހޫ މެއިލް" އެވެ. ނަމަވެސް، ގޫގުލުން އިންޓަނެޓަށް ގެނައި އިންގިލާބުގައި ޖެހި މިއިން ޚިދުމަތަކަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ.

ޖީމެއިލް ތައާރުފުކުރުމާ އެކު، ޖީމެއިލްގައި ހިމަނަން ފެށި ފަސޭތަކާ ހެދި ޖީމެއިލް ބަލިކުރެވޭ ގޮތެއް ނުވި އެވެ. އަނެއްކޮޅުން، ކޮންމެ އެންޑްރޮއިޑް ފޯނަކަށް އީމެއިލް އެކައުންޓެއް ބޭނުންޖެހުމަކީ ޖީމެއިލް ދިރިގަންނަން މެދުވެރި ވި ސަބަބުތަކުން ސަބަބެކެވެ.