Roadha Mihaaru
ޖީމެއިލް "ކޮންފިޑެންޝަލް މޯޑް": ބޭނުމަކީ ކޮބާ؟

ޖީމެއިލް "ކޮންފިޑެންޝަލް މޯޑް": ބޭނުމަކީ ކޮބާ؟

20 އޯގަސްޓް 2018

ގޫގުލް އިން ޖީމެއިލް ލޭއައުޓަށް މި އަހަރު ކުރީކޮޅު ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި "ކޮންފިޑެންޝަލް މޯޑް" ހިމެނެ އެވެ. އެއިރު މި ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ ޖީމެއިލަށެވެ. އެކަމަކު މިހާރު އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް "ކޮންފިޑެންޝަލް މޯޑް" އަތުވެއްޖެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޖީމެއިލް "ކޮންފިޑެންޝަލް މޯޑް" އަކީ ސެކިޔުރިޓީ ފީޗާއެކެވެ. ޖީމެއިލް މެދުވެރިކޮށް ވަރަށް ސިއްރު ނުވަތަ ހިނދުކޮޅަކަށް ދައްކާލަން އެދޭ މުއާމަލާތްތެއް ކުރަން އެދޭ ބަޔަކަށް މިއީ މުހިންމު ފީޗާއަކަށް ވާނެ އެވެ. އާދައިގެ މީހަކަށް މިހާ ވަރުގަދަ ސަލާމަތީ ރައްކާތެރިކަމެއް ވާނީ ބޮލުގައި ރިހުމަކަށެވެ.

"ކޮންފިޑެންޝަލް މޯޑް" އަކީ އީމެއިލް ފޯވާޑްކުރުން، ކޮޕީކުރުން، ޕްރިންޓްކުރުން އަދި ޑައުންލޯޑްކުރުން މަނާކުރާ ފީޗާއެކެވެ. އީމެއިލް ލިބޭ މީހާ އަށް ސްކްރީން ކޮޕީކުރުން ނޫން ކަމެއް ނުކުރެވެ އެވެ.

"ކޮންފިޑެންޝަލް މޯޑް" ގައި ދެން އޮތް ބިރުވެރިކަމަކީ "އަމިއްލަ އަށް ހަލާކުވެގެންދާ" އީމެއިލްއަކަށް ހެދުމެވެ. އެ ގޮތުގައި އީމެއިލް ފޮނުވާއިރު ކަނޑައަޅާ ގަޑި ހަމަވުމުން އެ އީމެއިލް ގެއްލިގެން ދެ އެވެ.

ޖީމެއިލް އީމެއިލް ކޮންފިޑެންޝަލް މޯޑް: ޑެސްކްޓޮޕް އެޑިޝަން

ޖީމެއިލް އީމެއިލް ކޮންފިޑެންޝަލް މޯޑް: ޑެސްކްޓޮޕް އެޑިޝަން

ޖީމެއިލް އީމެއިލްތައް އަދި ވެސް ރައްކާތެރިކުރަން އެދޭ ނަމަ "ކޮންފިޑެންޝަލް މޯޑް" ގައި އީމެއިލް ލިޔެ، ސެކިޔުރިޓީ ކޯޑަކުން އެ އީމެއިލް ހުޅުވޭ ގޮތަށް ވެސް ހެދެ އެވެ. އެ ގޮތުގައި އީމެއިލް ލިބޭ މީހާގެ ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ލިބޭ ކޯޑެއް ޖެހުމުން އީމެއިލް ހުޅުވޭ ގޮތަށް ވެސް ހެދެ އެވެ.

ޖީމެއިލް އީމެއިލް ކޮންފިޑެންޝަލް މޯޑް: މޮބައިލް އެޑިޝަން

ޖީމެއިލް އީމެއިލް ކޮންފިޑެންޝަލް މޯޑް: މޮބައިލް އެޑިޝަން

"ކޮންފިޑެންޝަލް މޯޑް" ބޭނުންހިފުމަށްޓަކައި، އާ އީމެއިލްއެއް ލިޔަން ފަށައި، އެ ވިންޑޯގެ ތިރީ ކައިރި އަށް ނަޒަރުހިންގާލާށެވެ. އަދި ތަޅެއްގެ މަތީގައި ގަޑިއެއް އިންނަ އައިކަން އަށް ފިތާލުމުން ދެން ކުރި އަށް ދާނެ ގޮތް އެނގޭނެ އެވެ. މޮބައިލް ޖީމެއިލްގައި ނަމަ، އާ އީމެއިލްއެއް ލިޔަން ފަށައި، އެ ވިންޑޯގެ މަތީގައި އިންނަ ތިން ތިކީގައި އިނގިލި ޖައްސާލާށެވެ.