25 އޮކްޓޯބަރ 2018
ބާސެލޯނާ (އޮކްޓޫބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާންގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން 2-2 އިން ޕީއެސްވީ އެއިންދޯވަންއާ އެއްވަރުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ބާސެލޯނާ (އޮކްޓޫބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާންގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން 2-2 އިން ޕީއެސްވީ އެއިންދޯވަންއާ އެއްވަރުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ފުރަތަމަ ތިން މެޗަށް ފަހު ބީގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 100 ޕަސެންޓް ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓޮޓެންހަމާއި ފުލުގައި އޮތް ޕީއެސްވީގެ އޮތީ އެއް ޕޮއިންޓެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިއޮނަލް މެސީގެ އަތަށް އަނިޔާވެ، އޭނާ ނުލައި މި ފަހަރު ބާސެލޯނާ އިން ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރޭ ބާސެލޯނާ އިން ޖުމްލަކޮށް މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ މި ފަހަރުގެ ޓްރާންސްފާގައި އިންޓަ އިން ހޯދަން މަސައްކަތްކުރި ރަފީނިއާ އެވެ.
ބާސެލޯނާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް މި މެޗުގައި އިންޓަގެ ކީޕަރު ސާމިރު ހަންޑަނޮވިޗް ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލު މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ޖޯޑީ އަލްބާ އެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މެސީ ނުލައި ކުޅެން އުނދަގޫވި ކަމަށާއި އެކަމަކު މިއީ އޭނާ އަށް ޓަކައި ވެސް އެ ޓީމުން ހޯދި މޮޅެއް ކަމަށެވެ.
"މެސީ އަކީ ޓީމް ޕްލޭޔަރެއް. އޭނަ ހުރީމަވާ ފަސޭހަތައް ގިނަ. ހަމަ އެ ގޮތަށް އޭނާ ނެތީމަ ޓީމަށް ކުރާ އަސަރުތަކެއް ވެސް އެބަހުރި. އެ ހުރިހާ ކަމެއްގެ ފޯކަސް އަހަރެމެން ބެހެއްޓީ ރަނގަޅަށް މި ޓީމު މޮޅުކޮށްދޭން. އެއީ މި ކާމިޔާބީގެ ތަފާތަކީ،" ވަލްވޭޑޭ ބުންޏެވެ.
ޓޮޓެންހަމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްވީ އަށް ލީޑުނަގައިިދިނީ މެކްސިކޯގެ ތަރި ހާވިން ލޮޒާނޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ލޫކަސް މޯރާ އެވެ. މޮޅުވާން މަޖުބޫރުވެފައި އޮތުމުން ދެ ވަނަ ހާފުގައި ޓޮޓެންހަމުން ފެށީ ވަރަށް އެޓޭކަށް ވިސްނައިގެންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނިޓްގައި ކްރިސްޓިއަން އެރިކްސެން ދިން ބޯޅައަކުން ހެރީ ކޭން ވަނީ ޓޮޓެންހަމަށް ލީޑުނަގައިދީފަ އެވެ.
ޓޮޓެންހަމަށް މައްސަލަތައް ދިމާވާން ފެށީ މެޗުގެ 79 ވަނަ މިނިޓްގައި އެ ޓީމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް ރަތް ކާޑު ދެއްކުމުންނެވެ. ލޮޒާނޯ އަށް ކުރި ފައުލަކަށް ލޮރިސް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ޓޮޓެންހަމްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޕީއެސްވީ އަށް އެއްވަރުކޮށްދިނީ ނިއުކާސަލް އަށް ކުރިން ކުޅުނު ނެދަލެންޑްސްގެ ފޯވާޑް ލޫކް ޑި ޔޯން އެވެ.
މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުމުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް މަސައްކަތްކުރުން ދޫކޮށްނުލާނެ ކަމަށާއި ބާކީ އޮތް ތިން މެޗުން މޮޅުވެ ރަނގަޅު ނަތީޖާތަކަކާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ.
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް
ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިލުމެއްނުވޭ: ޕޮޗެޓީނޯ
ބާސާ އެއް ވަނަ އަށް، އިންޓަގެ އަމިއްލަ ބާރު ގެއްލިއްޖެ
ބާސާ ދެ ވަނަ ބުރަށް، ޓޮޓެންހަމަށް އުއްމީދެއް
މެސީގެ މޮޅު ކުޅުމާ އެކު ބާސެލޯނާ އަށް ބޮޑު މޮޅެއް
މެސީގެ ގޯލު ރެކޯޑާ ހަމަކުރަން ކޭން އަމާޒުހިފައިފި
މެސީ އަށް ހެޓްރިކެއް، ލިވަޕޫލް ފަހު ވަގުތު މޮޅުވެއްޖެ
ބޮޑު މޮޅަކާ އެކު ބާސެލޯނާ އިން ފޯމު ދަމަހައްޓައިފި
ބެޔާން އަތުން މޮޅުވިޔަސް ބާސާއަކީ ފޭވަރިޓެއް ނޫން: ފްލިކް
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް